-8402fff9.png)

ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް)ގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުންނެވި އިސްމާއީލް ސުހައިލް އެ މަގާމުން ވަކިކޮށްފިއެވެ.
އެނގިފައިވާ ގޮތުގައި އޭނާ މަގާމުން މިއަދު ވަކި ކުރިކަން އެފްއެސްއެމްގެ ވެރިންނަށް މިހާރު ވަނީ އަންގާފައެވެ. ނަމަވެސް އެފްއެސްއެމްގެ ބެލެނިވެރި ކުންފުނި، އެސްޓީއޯއިން އަދި ރަސްމީކޮށް އެކަން އިއުލާނުކޮށްފައެއް ނުވެއެވެ.
ސުހައިލް މަގާމުން ވަކިކުރި ސީދާ ސަބަބެއް އަދި ސާފުވެފައެއް ނުވެއެވެ. ނަމަވެސް، މަގާމުގައި ހުންނެވި އިރު އޭނާގެ މައްޗަށް ކޮރަޕްޝަންގެ ބައެއް ތުހުމަތުތައް ކުރެވުނެވެ. އެގޮތުން، ނުއަގުގައި ތެޔޮ ވިއްކައިގެން އަމިއްލަ އެކައުންޓަށް ފައިސާ ޖަމާކުރި ކަމުގެ ތުހުމަތު ދާދި ފަހުން އޭނާއަށް ކުރެވިފައިވެއެވެ.
އޭރު ސުހައިލް ވަނީ އެ ތުހުމަތުތައް ދޮގުކުރައްވާފައެވެ. އެ މައްސަލަ ބަލާކަމެއް ރަސްމީ އެއްވެސް އިދާރާއަކުން ހާމަކޮށްފައެއް ނުވެއެވެ.
ސުހައިލަކީ މި ސަރުކާރު ފެށުނު އިރު ކުންފުނިތަކަށް ގެނައި ބަދަލުތަކުގެ ތެރެއިން އެފްއެސްއެމްއަށް އަށް އައްޔަނުކުރި އެމްޑީއެވެ. މި ސަރުކާރުން އައްޔަނުކުރި އެމްޑީންގެ ތެރެއިން މިހާތަނަށް ވަކިކޮށްފައިވަނީ މިފްކޯއަށް އައްޔަނުކުރި އަހްމަދު ޝަމާހު ރަޝީދާއި، އެމްއެމްޕީއާރުސީއަށް އައްޔަނުކުރި ފާތިމަތު ތައުފީގެވެ. މީގެ އިތުރުން ޕީއެސްއެމްގެ އެމްޑީކަމުގައި ހުންނެވި ޒީނާ ޒާހިރު ވަނީ އިސްތިއުފާ ދެއްވާފައެވެ.
-b528a0c9.jpeg)
13 ދުވަސް ކުރިން
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން