-8402fff9.png)
ސައިފުﷲ އަލީ
-b528a0c9.jpeg)
ރާއްޖޭގެ ކޮންމެ އަތޮޅަކުން ފަސޭހަކަމާއެކު ހެޔޮ އަގުގައި ތެޔޮ ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ސަރުކާރުން ފަށާފައިވާ މަސައްކަތުގެ ދަށުން، އދ. ދަނގެތީގައި ތަރައްޤީކުރި ފިއުލް ސްޓޭޝަން ހުޅުވައި ޚިދުމަތް ދޭން ފަށައިފިއެވެ.
ފިއުލް ސަޕްލައިސް މޯލްޑިވްސް (އެފްއެސްއެމް) އާއި ސްޓޭޓް ޓްރޭޑިންގ އޯގަނައިޒޭޝަން (އެސްޓީއޯ) ގުޅިގެން ދަނގެތީގައި ޤާއިމްކުރި މި ފިއުލް ސްޓޭޝަން ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ ރައްޔިތުންގެ މަޖިލީހުގެ ދަނގެތި ދާއިރާގެ މެންބަރު ޢަބްދުﷲ ރަޝީދެވެ.
އެ ރަށުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި މި ޚިދުމަތް އިފްތިތާޙުކޮށްދެއްވިއިރު، ދަނގެތީ ކައުންސިލް މެންބަރުންނާއި މުއައްސަސާތަކުގެ އިސްވެރިންގެ އިތުރުން ގިނަ އަދަދެއްގެ އާންމު ރައްޔިތުން ބައިވެރިވިއެވެ.
މިއީ މަސްވެރިންނަށާއި އާންމު ރައްޔިތުންނަށް ދިމާވެފައިވާ ތެޔޮ ލިބުމުގެ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އިސްނެންގެވުމުގެ މަތިން އެސްޓީއޯއާ ޙަވާލުކޮށްގެން ކުރިއަށްގެންދާ މަޝްރޫޢެކެވެ.
ޖުމްލަ 18 ރަށެއްގައި ފިއުލް ސްޓޭޝަން ޤާއިމްކުރުމަށް ހަމަޖެހިފައިވާ މި މަޝްރޫޢުގެ ސަބަބުން، މާލެއާ އެއް އަގެއްގައި ރާއްޖޭގެ ހުރިހާ އަތޮޅަކުން ތެޔޮ ލިބި، މަސްވެރިންނާއި ދަތުރުފަތުރުކުރާ ފަރާތްތަކަށް އިޤްތިޞާދީ ގޮތުން ބޮޑެތި ލުއިތަކެއް ލިބިގެންދާނެއެވެ.

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން