-8402fff9.png)

ޢާލިމް އަބްދުއްލަތީފް

އެފްއެސްއެމްއިން ހިންގާ ޕެޓްރޯލް ޝެޑެއް -- ފޮޓޯ: ނުކުތާ
ސަރުކާރުގެ ތެޔޮ ކުންފުނި، ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ ތެލުން ވައްކަންކޮށް އެ ފައިސާ މަނީލޯންޑާކޮށް ހިންގި ބޮޑު ޖަރީމާއާ ގުޅިގެން ތުހުމަތު ކުރެވޭ ބަޔަކު އެ ކުންފުނިން ރިޓަޔާ ކޮށްފިއެވެ.
އެފްއެސްއެމްގެ އޮފިޝަލަކު ވަނީ މިކަން "ނުކުތާ"އަށް ކަށަވަރުކޮށްދެއްވާފައެވެ.
އޮފިޝަލް ވިދާޅުވީ ރިޓަޔާކޮށްފައި ވަނީ އެ ކުންފުނީގެ ތިން ޑިޕާޓްމަންޓެއްގެ އިސްވެރިން ކަމަށެވެ.
"ރިޓަޔާ ކުރި ހުރިހާ ބޭފުޅުންނަކީ ވެސް ތެލުގެ ވައްކަމާ ގުޅިގެން ތުހުމަތު ކުރެވޭ ބައެއް،" އޮފިޝަލް ވިދާޅުވިއެވެ.
ތެލުގެ ވައްކަން އާންމުންނާ ހަމައަށް ތިލަވެފައި ވަނިކޮށް އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރި އިސްމާއީލް ސުހައިލް ވަނީ މިދިޔަ ނޮވެމްބަރު މަހުގެ 26 ވަނަ ދުވަހު އިސްތިއުފާދީފައެވެ.
އެ މައްސަލަ ތަހުގީގުކުރަން ފަށާފައިވާކަން ހޯމް މިނިސްޓަރު އަލީ އިހްސާން ވަނީ މިދިޔަ ޑިސެމްބަރު މަހު ހާމަކުރައްވާފައެވެ.
އިހުސާން ވިދާޅުވީ ޑިސެމްބަރު މަހުގެ ފުރަތަމަ ދުވަހާ ހަމައަށް 10 މީހުންނާއި ދެ ގެއެއްގެ އިތުރުން ތެޔޮ އުފުލާ ދެ ބާޖު ފުލުހުން ބަލައި ފާސްކޮށްފައިވާ ކަމަށެވެ.
ފުލުހުން ވަނީ ތަހުގީގަށް ބޭނުންވާ މައްސަލައާ ގުޅުން ހުރި އިލެކްޓްރޯނިކް ސާމާނުތަކާއި ބައެއް ލިޔެކިޔުންތައް ގެންގޮސްފައެވެ.
ތަހުގީގު ކުރިއަށްދާވަރަކުން އެ މައްސަލައިގެ މައުލޫމާތު ރައްޔިތުންނަށް ހިއްސާކުރާނެ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވިއެވެ. އަދި މިފަދަ މައްސަލަތައް ފުރިހަމައަށް ތަހުގީގުކޮށް ވަކި މީހަކު އިސްތިސްނާ ނުވާ ގޮތަށް ގާނޫނީ ފިޔަވަޅު އެޅުމަށް ސަރުކާރުން އިސްކަން ދޭކަމަށް އޭނާ ވިދާޅުވިއެވެ.
-b528a0c9.jpeg)
13 ދުވަސް ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން