-8402fff9.png)
އަހްމަދު އިޒްމީމް

މާލޭގެ ކުޅުންތެރިން އުފާ ފާޅުކުރަނީ --- ފޮޓޯ/ ސިޑިބަރި
ނައިންޓީ ޕްލަސް ގޯލްޑްކަޕްގެ ކުއާޓާ ފައިނަލުގައި ޕެނަލްޓީ ޖަހައިގެން ކ. ގުރައިދޫ ބަލިކޮށް މާލެ ސިޓީން ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފައެެވެ.
ގަލޮޅު ދަނޑުގައި ކުޅުނު އެ މެޗުގެ ފުރިހަމަ ވަގުރު ހަމަވިއިރު 1-1 ގެ ނަތީޖާއަކުން ދެ ޓީމު އެއްވަރުވުމުން ނަތީޖާ ނެރުމަށް ޖެހި ޕެނަލްޓީން މާލެ ވަނީ ކާމިޔާބު ހޯދައިފައެވެ.
ދެ ޓިމުގެ ފަރާތުން ގިނަ ހަމަލާތަކެއް ފެނުނު އެ މެޗުގައި ފުރަތަމަ ގޯލުޖަހައި ލީޑު ނެގީ ގުރައިދޫއިންނެވެ. އެ ޓީމުން ވަނީ 23 ވަނަ މިނެޓުގައި ގޯލުޖަހައިފައެވެ. އެ ގޯލަކީ މާލޭގެ ޑިފެންޑަރުން އަތުން ހެދުނު ގޯހެއްގެ ފައިދާ ނަގައިގެން އެ ޓީމުގެ ބިދޭސީ ފޯވާޑް އަހްމަދު އިބްރާހިމް އައްބާސް އަލް ހަޝަޝް ޖެހި ގޯލެކެވެ.
އެ ގޯލުގެ ފައިދާ ނަގައިގެން އެ ޓީމަށް ފުރަތަމަ ހާފު ނިންމައިލެވުންނަމަވެސް ދެވަނަ ހާފު ފަށައިގެން ތިންވަނަ މިނެޓުގައި މާލެއިން ގޯލެއްޖަހައި ނަތީޖާ ހަމަހަމަކުރިއެވެ. އެ ގޯލަކީ މާލެއިން ނެގި ހިލޭ ޖެހުމެއް ގުރައިދޫގެ އިތުބާރު ޑިފެންޑަރު އަހްމަދު ނޫމާން (ހެލްމެޓް) ގައިގައި ޖެހިފައި ވަތް ގޯލެކެވެ.
އެ ގޯލާއެކު ދެ ޓީމުން ވެސް ގޯލެއް ޖެހޭތޯ ކުރި މަސައްކަތް ނާކާމިޔާބުވުމާ ގުޅިގެން ނަތީޖާ ނެރުމަށް ދެން ޖެހުނީ ޕެނަލްޓީ ޖަހާށެވެ. ޕެނަލްޓީ ޖަހައިގެން މާލެއިން ކުރި ހޯދީ 4-2 ގެ ނަތީޖާއަކުންނެވެ. ގުރައިދޫއަށް ކާމިޔާބުކުރެވުނު ދެ ޕެނަލްޓީ ޖެހީ އަބްދުﷲ ޝަޔާމްއާއި އަހުމަދު ޝުއޫންއެވެ. އެ ޓީމުގެ އަހުމަދު ނާއިމް އަދި ބިދޭސީ ފޯވާޑް މުއާޒް ޖާބިރު ރަދުވާން ހަމީދީ ފޮނުވާލި ދެ ޕެނަލްޓީގެ ހުރަހަކަށްވީ މެޗުގައި މޮޅު ކުޅުމެއް ދެއްކި މާލޭގެ ކީޕަރު ތޮލާލް ހަސަން (ޓޮޕްލަކް)އެވެ.
މެޗުގައި މާލޭގެ ޕެނަލްޓީތައް ކާމިޔާބުކޮށްދިނީ ބިދޭސީ ކުޅުންތެރިޔާ ހަލީލް ގަމާލްއާއި، އަހުނަފް މުހައްމަދު ތަސްނީމްއާއި، އިސްމާއިލް ވަޖީހްގެ އިތުރުން ރިލްވާން ވަހީދެވެ. އެ ޓީމުގެ ހުސައިން ޝުއައިބް ފޮނުވާލި ޕެނަލްޓީ ވަނީ ގުރައިދޫގެ ކީޕަރު އަހުމަދު ސަމީރު ދިފާއުކޮށްފައެވެ.
އެ މެޗުން މޮޅުވެ ސެމީ ފައިނަލްގައި މާލެއަށް ނިކުންނަންޖެހޭނީ ވަރުގަދ ބ. އޭދަފުއްޓާ ދެކޮޅަށެވެ. އެ ޓީމުން ވަނީ ކުއާޓާގެ މެޗުގައި ޅ. ނައިފަރު ކޮޅަށް ފަސް ގޯލު ޖަހައި މޮޅުވެފައެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

2 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން
-0f281ac4.jpg)
6 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

8 މަސް ކުރިން