-8402fff9.png)
މިރާޝް މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު އަދި އެސްޓޯނިއާގެ ރައީސް އަލާ ކަރިސް ރޭގަނޑުގެ ފަރިއްކޮޅުގެ ތެރެއިން --
އެސްޓޯނިއާ އަކީ ޑިޖިޓަލް އީޖާދުގެ ދާއިރާއިން ނަމޫނާ ގައުމެއް ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އެސްޓޯނިއާއަށް ކުރައްވަމުންދާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެ ޤައުމުގެ ރައީސް ޑރ. އަލާ ކަރިސް ދެއްވި ރަސްމީ ފަރިއްކޮޅުގައި ވާހަކަފުޅު ދައްކަވަމުން، ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ވުމާއެކު، އެ ގައުމުގެ ކުރިއެރުންތަކުން ރާއްޖެއަށް ވެސް ފައިދާ ކުރާނެ ކަމަށް އުންމީދުކުރައްވާ ކަމަށެެވެ.
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށްޓަކައި، އެސްޓޯނިއާގެ ރައީސް ޑރ. ކަރިސް ރާއްޖެއަށް ވަޑައިގަތުމުގެ ދަޢުވަތު އެ މަނިކުފާނަށް އެރުވިއެވެ. އަދި މި ދަތުރުފުޅުގައި އެސްޓޯނިއާގެ ފަރާތުން ލިބެމުންދާ މެހެމާންދާރީގެ އަގު ވަޒަންކުރައްވާ، އެފަދަ މެހެމާންދާރީއެއް ރާއްޖޭގައި އަދާކުރުމުގެ ފުރުސަތު ދެއްވުމަށް އެދިވަޑައިގަތެވެ.
ރައީސް އެސްޓޯނިއާއަށް ކުރައްވަމުންދާ ދަތުރުފުޅުގައި އެ ގައުމުގެ ކްލައިމެޓް މިނިސްޓަރާއި، އެޑިއުކޭޝަން މިނިސްޓަރު ވަނީ އެމަނިކުފާނުގެ އަރިހަށް އިހްތިރާމުގެ ޒިޔާރަތެއް ކުރައްވާފައެވެ.
މީގެ އިތުރުން، ދެ ގައުމުގެ އިސްވެރިންގެ މަޝްވަރާތަކަށް ފަހު، ދެ ގައުމުގެ ޚާރިޖީ ގުޅުން ބަދަހިކުރުމަށް އެއްބަސްވުމެއްގައި ވަނީ ސޮއިކޮށްފައެވެ.
މިއީ ރާއްޖޭގެ ރައީސަކު އެސްޓޯނިއާއަށް ކުރައްވާ ފުރަތަމަ ރަސްމީ ދަތުރުފުޅެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން