-8402fff9.png)
ރައީސް މުއިއްޒަށް މަރުހަބާ ދެންނެވުމަށް ދިއްދޫގެ ގިނައަދަދެއްގެ ރައްޔިތުން ވަނީ ނުކުމެފައި --- ފޮޓޯ: ރައީސް އޮފީސް
ރައީސް ޑރ. މުހައްމަދު މުއިއްޒު ހއ. ދިއްދުއަށް މިރޭ ވަޑައިގަތުމުން ގިނައަދަދެއްގެ ރައްޔިތުން ނުކުމެ އެމަނިކުފާނަށް މަރުހަބާ ދަންނަވައިފިއެވެ.
ދިއްދުއަކީ ހއ. އަތޮޅަށް ރައީސް ކުރައްވާ ދަތުރުފުޅުގެ ތިން ވަނަ މަންޒިލެވެ. ރައީސް އެރަށަށް ވަޑައިގަތުމާއެކު މަރުހަބާ ދެންނެވުމުގެ ގޮތުން ސަގާފީ ނެށުމެއް ހުށަހަޅާދީފައިވެއެވެ.
އެމަނިކުފާނު މިރޭ ވަނީ ދިއްދޫގައި އައިޑީކާޑު ޕްރިންޓްކޮށް ދޫކުރުމުގެ ހިދުމަތް އިފްތިތާހުކޮށްދެއްވާފައެވެ.
ހއ. އަތޮޅުގެ ތިން ރަށަކަށް ކުރައްވާ މި ދަތުރުފުޅުގައި އެމަނިކުފާނު މިއަދު ވަނީ އެއަތޮޅު މުރައިދޫ އާއި ފިއްލަދޫ އަދި އުތީމަށް ވެސް ވަޑައިގެންފައެވެ.
މާދަމާ އާއި ޖެހިގެން އަންނަ ދުވަހު ރައީސް ވަޑައިގަންނަވަން ހަމަޖެހިފައިވާ ރަށްތަކަކީ ހޯރަފުށި، އިހަވަންދޫ، މާރަންދޫ، މޮޅަދޫ، ތަކަންދޫ އަދި އުލިގަމެވެ.
އެމަނިކުފާނުގެ މި ދަތުރުފުޅުގައި ބައެއް ރަށްރަށުގައި ޕޮލިސްސްޓޭޝަން އިމާތުގެ ބިންގާ އަޅާފައިވެއެވެ.
ދިއްދުއަށް މިރޭ އެމަނިކުފާނު ވަޑައިގެންނެވި ވަގުތު އިދިކޮޅު އެމްޑީޕީ އާއި ޑިމޮކްރެޓްސްގެ ސަޕޯޓަރުން ވަނީ އެއްވެ އިހްތިޖާހުުކޮށްފައެވެ. އެގޮތުން އެ މީހުން ވަނީ އެމަނިކުފާނުގެ އިސްތިއުފާއަށް ގޮވާލާފައެވެ.
ރައީސް ދިއްދުއަށް ވަޑައިގަތުމުގެ ކުރިން އެރަށު ކައުންސިލުން ވަނީ އެމަނިކުފާނުގެ ދަތުރުފުޅަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރުމަށް އެމްޑީޕީއަށް ސިޓީއަކުން އިލްތިމާސްކޮށްފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން