-8402fff9.png)

ޢާލިމް އަބްދުއްލަތީފް
ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ވާހަކަފުޅުދައްކަވަނީ --- ފޮޓޯ: ރައީސް އޮފީސް
ހއ. ދިއްދޫގައި މި ސަރުކާރުން އަޅާ އެއާޕޯޓަށް އެންމެ ފުރަތަމަ ފްލައިޓްގައި ދަތުރުކުރާނީ އިދިކޮޅު ސިޔާސީ ބޭފުޅުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ހއ. ދިއްދޫ ރައްޔިތުންނާ ބައްދަލުކުރައްވާ މިރޭ ރައީސް ވިދާޅުވީ ދިއްދޫ އެއާޕޯޓް މަޝްރޫއަކީ އެރަށުގެ ތަރައްގީއަށް މުހިންމު މަޝްރޫއުއެއް ކަމަށެވެ. އަދި އެއީ ދިއްދޫއާއި، މުޅި އަތޮޅުގެ މެދު އަދި ދުރު ރާސްތާގެ ތަރައްގީގެ ޕްލޭނަށް މުހިންމު މަޝްރޫއުއެއް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ އެއާޕޯޓް އެޅުމުގެ މަސައްކަތް މި އަހަރު ފަށާނެ ކަމަށް ކަމަށެވެ.
ދެން މިރަށަކަށް އަންނާނީ އެ އެއަރޕޯޓްގައި ޖައްސާ ފްލައިޓުގައި. އެންމެ ފުރަތަމަ ޓިކެޓު ނަގައިގެން އަންނަ ބޭފުޅުންގެ ތެރޭގައި ސިޔާސީ ގޮތުން ޚިޔާލު ތަފާތު ބޭފުޅުން ހިމެނޭނެކަން ޔަގީން
ރައީސް ވިދާޅުވީ، އުތުރުގެ ހަތަރު އަތޮޅު އެކުއެކީ އިންޓެގްރޭޑެޓް ތަރައްގީގެ ޒޯނެއްގެ ގޮތުގައި ތަރައްގީ ކުރާނެ ކަމަށެވެ.
އެމަނިކުފާނު ވިދާޅުވީ ސިޔާސީ ގޮތުން ޚިޔާލު ތަފާތުވިޔަސް ކޮންމެ ރައްޔިތެއް އެމަނިކުފާނަށް ހަމަހަމަކަމަށެވެ. އަދި ރަށަށް ގެންނަ ތަރައްގީއަކީ ސިޔާސީ މަސައްކަތެއް ނޫންކަމަށް ވެސް ވިދާޅުވިއެވެ.
ދިއްދޫގައި އެއާޕޯޓެއް އެޅުމަށް އެންމެ ފުރަތަމަ ވައުދުވީ ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމެވެ. އެއީ 2018 ވަނަ އަހަރުގެ ބޭއްވި ރިޔާސީ އިންތިޚާބުގެ ކެމްޕޭންގެ ތެރޭގަ އެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން