-8402fff9.png)

މަރްޔަމް މާޙީ

ހއ. ކެލާގެ ދެ ޖަނަރޭޓަރު ހަލާކުވެ، އެ ރަށުގެ ބޮޑު ބަޔަކުން ކަރަންޓު އިއްޔެ ކެނޑިއްޖެއެވެ.
އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ އިންފާޒު ނުކުތާ އަށް ވިދާޅުވީ އާބާދީގައި 1،700 އެއްހާ މީހުން އުޅޭ ކެލާއަށް ކަރަންޓު ދިނުމަށް 500 އަށް ވުރެ ގިނަ ކިލޯވޮޓު ބޭނުންވާ ކަމަށެވެ. އަދި މި ވަގުތު މަސައްކަތް ކުރަނީ 450 ކިލޯވޮޓުގެ އެއް ޖަނަރޭޓަރު އެކަނި ކަމަށް އޭނާ ވިދާޅުވިއެވެ.
އެ ރަށުގެ އެކި ހިސާބުތަކުން އިއްޔެ 10 ވަރަކަށް ފަހަރު ކަރަންޓު ކެނޑިފައިވާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އެ ރަށުގައި ހުންނަނީ ޖުމުލަ ތިން ޖަނަރޭޓަރެވެ. އެެއީ 450 ކިލޯވޮޓުގެ ދެ ޖަނަރޭޓަރާއި 600 ކިލޯވޮޓުގެ ޖަނަރޭޓަރެެކެވެ.
އިންފާޒު ވިދާޅުވީ މި މައްސަލަ ދިމާވީ ކުރިން ވެސް އެއް ޖަނަރޭޓަރު ހަލާކުވެފައި ހުއްޓާ އަނެއްކާ ދެން ހުރި ޖަނަރޭޓަރު ވެސް ހަލާކުވީމާ ކަމަށެވެ.
މިހާރު އެ އަތޮޅު އުތީމު އިންޖީނުގެ އިން ބައެއް ސްޕެއާ ޕާޓްސްތައް ގެނެސްގެން އެ މައްސަލަ ހައްލުކުރެވޭތޯ ފެނަކައިން މަސައްކަތް ކުރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މީގެ އިތުރުން އޭނާ ވިދާޅުވީ ކުރިއަށް މިއޮތީ ރޯދަމަސް ކަމަށާއި، މިކަހަލަ ކަމެއް ދިމާވެއްޖެ ނަމަ ރައްޔިތުންނަށް ވަރަށް ދަތިވާނެ ކަމަށެވެ. އަދި އެކަމާ މެދު ކަންބޮޑުވާކަން ފާހަގަ ކުރަމުން އޭނާ ވިދާޅުވީ ކަރަންޓުގެ މައްސަލައަށް އަވަސް ހައްލެއް ލިބިގެންދާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ.
2 މަސް ކުރިން

2 މަސް ކުރިން

3 މަސް ކުރިން

3 މަސް ކުރިން
-526cfedb.jpg)
4 މަސް ކުރިން

4 މަސް ކުރިން
-eae3b4d6.jpg)
5 މަސް ކުރިން

5 މަސް ކުރިން