-8402fff9.png)

ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ މިއަދު އަޅައިފިއެވެ.
އެ ހޮސްޕިޓަލް އަޅަން އާރްޑީސީއާ ހަވާލުކުރީ ވެސް މިއަދުއެވެ.
ކުޑަހުވަދޫގައި މިއަދު ހަވީރު ބޭއްވި ރަސްމިއްޔާތެއްގައި ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތުގެ ބިންގާ އަޅައިދެއްވީ ލޯކަލް ގަވާމެންޓް މިނިސްޓަރު އާދަމް ޝަރީފެވެ. މި ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވެސް ބައިވެރިވެވަޑައިގަތެވެ.
ދ. އަތޮޅު ހޮސްޕިޓަލްގެ އާ އިމާރާތް އަޅަން 181 މިލިއަން ރުފިޔާއަށް އާރްޑީސީއާ ހަވާލުކުރީ 540 ދުވަސް ތެރޭ ނިންމާ ގޮތަށެވެ. އެއީ 50 އެނދުގެ ހޮސްޕިޓަލެކެވެ.
އެ އިމާރާތް ނިމުމާއެކު މެމޮގްރަފީގެ ޚިދުމަތް ލިބޭނެ ފެސިލިޓީއެއް ގާއިމްކުރާނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ޑެންޓަލް އޯޕީޑީ، ކަށީގެ ފަރުވާތަކަށް ޚާއްސަ އޯތޯ-ތިއޭޓަރަކާ އެކު ހޮސްޕިޓަލްގެ ސްޓާފުންނަށް ޓްރެއިނިން ދިނުމަށް ބޭނުންވާނެ ފެސިލިޓީ ވެސް ގާއިމްކުރާނެއެވެ.
ދ. އަތޮޅުގެ އެކި ރަށްތަކުގެ ސިއްހީ މަރުކަޒުގެ މުވައްޒަފުންނަށް ތަމްރީންދިނުމަށް ބޭނުންވާ ފެސިލިޓީ އާއި ޕްރައިވެޓް ރޫމް ފެސިލިޓީތައް ވެސް ގާއިމްކުރަން ވަނީ ނިންމާފައެވެ.
މީގެއިތުރުން ކުޑަހުވަދުއަކީ އެއާޕޯޓެއް އޮންނަ ރަށަކަށްވާތީ، އެމަޖެންސީ ހާލަތްތަކުގައި ކޭޓަކުރެވޭނެ އިމަޖެންސީ އީއާރެއް ގާއިމްކުރަން ވެސް ވަނީ ނިންމާފައެވެ.
އެ އިމާރާތުން ޚިދުމަތްދޭން ފެށުމާ އެކު، ޖާގައިގެ ދަތިކަން ހައްލުވެ، އެތަންތަން ގިންތިކޮށްފައިވާ މިންވަރަށް ތަނުން ފޯރުކޮށްދޭންޖެހޭ އެންމެހާ ޚިދުމަތްތައް ރައްޔިތުންނަށް ފޯރުކޮށްދެވޭނެ ކަމަށް ހެލްތު މިނިސްޓްރީން ބުންޏެވެ. އަދި ރަށުންނާއި ރަށާއި ކައިރި އާބާދީތަކުގެ ރައްޔިތުންނަށް ވެސް ޚިދުމަތް ލިބިގަތުމުގައި އެތަކެއް ލުއި ފަސޭހަތަކެއް ލިބޭނެއެވެ.
އެ އިމާރާތަކީ ކޮވިޑް ފަދަ ބަލިތައް ފެތުރޭ ހާލަތްތަކުގައި ހޮސްޕިޓަލުގެ އޮޕްރޭޝަން ނުހުއްޓި ކުރިއަށް ގެންދެވޭ ގޮތަށް ފްލޫ ކްލިނިކާއި، އައިސޮލޭޝަން ފެސިލިޓީ ހިމެނިގެން ހެދޭ ތަނެކެވެ.
ހޮސްޕިޓަލުގައި ބޭނުންކުރާ ހަކަތަ އަށް ކުރާ ޚަރަދު ކުޑަ ކުރުމުގެ ގޮތުން މި ޕްރޮޖެކްޓުގެ ދަށުން ހޮސްޕިޓަލުގައި ސޯލާ ޕީވީ ސިސްޓަމް ހަރުކުރުމަށް ވަނީ ނިންމާފައެވެ.
ހޮސްޕިޓަލްގެ އާ އިމާރާތު މަޝްރޫއުގައި ހިމެނޭ އިތުރު ކަންކަން

3 މަސް ކުރިން

8 މަސް ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

2 އަހަރަށްވުރެ ގިނަ ކުރިން