-8402fff9.png)

މުހައްމަދު ޔަމީން

ކުޑަހުވަދޫ ރައްޔިތުންނާ ބައްދަލުކުރައްވާ ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --
ރާއްޖެ ދެމެހެއްޓެނިވި ގޮތެއްގައި ތަރައްގީކުރެވޭނީ ތަރައްގީ އެއްފަސް ކުރުމުގެ ސިޔާސަތެއްގެ ތެރެއިން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
މެދުރާއްޖެތެރޭގެ ބައެއް ރަށްތަކަށް މިހާރު ކުރައްވަމުންދާ ދަތުރުފުޅުގެ ތެރެއިން، ދ. ކުޑަހުވަދޫގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ މެނިފެސްޓޯ އިއުލާނު ކުރެއްވި އެންމެ ފުރަތަމަ ދުވަހު ވެސް ހުށަހެޅުއްވި ސިޔާސަތަކީ އެއީ ކަމަށެވެ.
އެގޮތުން، އެންމެ އުތުރުގެ ހަތަރު އަތޮޅާއި، އެންމެ ދެކުނުގެ ހަތަރު އަތޮޅު އިގުތިސާދީ ޒޯނުތަކެއްގެ ގޮތުގައި ތަރައްގީ ކުރުމަށް ހުށަހެޅުއްވި ކަމަށާއި، ބާކީ ހުރި ސަރަހައްދުތަކުގައި އެންމެ މަތީ ފެންވަރުގެ އާބަން ސެންޓަރުތަކެއް ގާއިމުކުރުމަށް ހުށަހަޅުއްވާފައިވާނެ ކަމަށެވެ.
އެ އާބަން ސެންޓަރުތައް ތަރައްގީ ކުރާނީ ހުރިހާ ޚިދުމަތެއް ފުރިހަމަކޮށް، އެހެން ރަށްތަކުގެ މީހުން އަމިއްލަ އިހުތިޔާރުގައި އެރަށްރަށަށް ބަދަލުވެ، ވަޒަންވެރިވާނެ ފަދަ ގޮތަކަށް ކަމަށެވެ.
އިގުތިސާދީ ގޮތުން، އަދި ރާއްޖެއަށް ދިމާވެފައިވާ ތިމާވެށީގެ މައްސަލަތަކަށް ބަލާއިރު، އެ ނޫން ގޮތަކަށް ރާއްޖެ ތަރައްގީ ކުރުމަކީ ދެމެހެއްޓެނިވި ކަމަކަށް ނުވާނެ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
"އެއީ އަޅުގަނޑުމެންގެ ސިޔާސަތު. ރައްޔިތުން ބަލައިގަތް ސިޔާސަތު" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ސިޔާސަތުގެ ދަށުން، ކުޑަހުވަދޫ އަށް ވެސް ފުރިހަމަ ތަރައްގީއެއް އަންނާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެގޮތުން، އެރަށަށް މިހާރު އެންމެ ބޭނުންވެފައިވާ ބަނދަރު ބޮޑު ކުރުމާއި، ހޮސްޕިޓަލްގެ އާ އިމާރާތުގެ އިތުރުން މަލްޓި ސްޕޯޓްސް ކޮމްޕްލެކްސް އާއި ސަރަހައްދީ ވިޔަފާރި ބަނދަރު ފަދަ އުމްރާނީ މަޝްރޫއު ތަކަކީ އެ ސިޔާސަތުގެ ތެރެއިން ހާސިލްވާނެ ކަންކަން ކަމުގައި ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން