-8402fff9.png)
ސައިފުﷲ އަލީ

ނ. ކެނދިކުޅުދޫގައި މިހާރު ކުރިއަށްދާ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގައި ފަލަސްތީނަށް އޮތް ލޯބި ދައްކައިލައިފިއެވެ.
އެ މުބާރާތުގެ އޮފިޝަލަކު ވިދާޅުވި ގޮތުގައި މުބާރާތުގެ ކޮންމެ މެޗެއް ފެށުމުގެ ކުރިން ކުޅުންތެރިން ތިބޭނީ ފަލަސްތީނުގެ މީހުން ބޭނުންކުރާ ކަފިއްޔާއެއް ކަރުގައި އަޅައިގެން ކަމަށެވެ. އެއީ ފަަލަސްތީނުގައި އިޒްރޭލުން ހިންގަމުންދާ ލާއިންސާނީ އަމަލުތައް ކުށްވެރިކޮށް, ފަލަސްތީނުގެ މުސްލިމް އަޚުންނާއި އުޚްތުންނާއެކު ތިބިކަން އަންގައިދިނުމަށް ކުރާ ކަމެކެވެ.
މުބާރާތުގެ ތިން މެޗެއް މިހާރު ކުޅެފައިވާއިރު މި ތިން މެޗުގައި ވެސް ކުޅުންތެރިން ދަނޑަށް ނުކުތީ ކަފިއްޔާ އަޅައިގެންނެވެ. ކޮންމެ މެޗެއް ވެސް ފަށަނީ ފަލަސްތީނުގެ ލޮބުވެތި ރައްޔިތުންގެ ހަނދާން އާ ކުރަމުންނެވެ.
މުބާރާތުގެ ފުރަތަމަ މެޗުގައި ވާދަކުރީ ނައިފަރު ޗެލްސީއާއި ވެލިދޫ ސްޕޯޓްސް ކްލަބެވެ. މި މެޗު 3-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ނައިފަރު ޗެލްސީއެވެ. ދެވަނަ މެޗުގައި ވާދަކުރީ އެންމެ ފަހުގެ ޗެމްޕިއަން ވިންޑް ވޯރިއޯސްއާއި ކޮމެޓްސްއެވެ. މެޗު 4-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ވިންޑޯ ވޯރިއޯސްްއެވެ.
މިއަދު ހަވީރު މާފަރު އެފްސީއާއި ހެނބަދޫ އެފްޓީ ވާދަކުރި މެޗު ނިމުނީ 1-1 އިން އެއްވަރު ވެގެންނެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން