-8402fff9.png)
ސައިފުﷲ އަލީ

އެންމެ ފަހުގެ ޗެމްޕިއަން ވިންޑް ވޯރިއޯސްގެ މައްޗަށް ކުރި ހޯދައި, ނައިފަރު ޗެލްސީއިން ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕްގެ ސެމީ ފައިނަލުގެ ޖާގައެއް ކަށަވަރުކޮށްފިއެވެ.
މިރޭ ނައިފަރު ޗެލްސީއާއި ވިންޑް ވޯރިއޯސް ވާދަކުރި މެޗު 1-0ގެ ނަތީޖާއަކުން ނައިފަރު ކާމިޔާބު ކުރިއިރު, އެ ޓީމުން ވަނީ ފުރަތަމަ މެޗުގައި ވެލިދޫގެ މައްޗަށް 3-0ގެ ނަތީޖާއަކުން ކުރި ހޯދައިފައެވެ.
މިރޭގެ މެޗުގައި ނައިފަރު ޗެލްސީން ޖެހި ހަމައެކަނި ގޯލު މެޗުގެ 69 ވަނަ މިނެޓުގައި ކާމިޔާބު ކޮށްދިނީ އެ ޓީމުގެ ޖޯޒީ ނަންބަރު ފަހެއް އަހްމަދު ޖައުޝަންއެވެ.
މި މެޗްގެ މޮޅު ކުޅުންތެރިއަކަށް ހޮވިފައިވަނީ ނައިފަރު ޗެލްސީ އެސްސީ ގެ ޖާޒީ ނަންބަރު 22 އިބްރާހިމް ޖިމޯއެވެ. އޭނާ އަކީ ނައިޖީރިއާއަށް ނިސްބަތްވާ ކުޅުންތެރިއެކެވެ.
މި މުބާރާތުގައި މިއަދު ހަވީރު ކޮމެޓްސްއަދި ވެލިދޫ ވާދަކުރި މެޗު 7-0ގެ ނަތީޖާއަކުން ކާމިޔާބު ކުރީ ކޮމެޓްސްއެވެ. އެ މެޗުން ބަލިވެ ވެލިދޫ ވަނީ މުބާރާތުން ކަޓައިފައެެވެ.

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން