-8402fff9.png)
މިރާޝް މޫސާ

މިދިޔަ އަހަރުގެ ޗެމްޕިއަނުން ތަށި އުފުލައިލަނީ. —
ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އޭޕްރީލް 20ގައި ފަށަމުޅި ރާއްޖެއަށް ހުޅުވައިލައިގެން ނ. ކެނދިކުޅުދޫގައި ބާއްވާ ދި މެންގްރޫވް އައިލެންޑް ޗެމްޕިއަންޝިޕް އަންނަ މަހު 20ގައި ފަށަން ނިންމައިފިއެވެ.
މި މުބާރާތުގައި މި އަހަރު ވަނީ އަށް ޓީމެއް ބައިވެރިވެފައެވެ.
އެ ޓީމުތަކަކީ؛
1. ވިންޑް ވޯރިއޯސް
2. ނައިފަރު ޗެލްސީ އެފްސީ
3. މަނަދޫ ސްޕޯޓްސް ކްލަބް
4. މާފަރު އެފްސީ
5. މާޅެންދޫ އެފްޓީ
6. ކޮމެޓްސް ސްޕޯޓްސް ކްލަބް
7. ހެނބަދޫ ފުޓްބޯލް ޓީމް
8. ވެލިދޫ ސްޕޯޓްސް ކްލަބް
މުބާރާތް ފެށެން މަދު ދުވަސްކޮޅަކަށްވެފައި އޮތްއިރު، މިހާރު ޓީމުތަކުން ވަނީ ފަރިތަކުރުންތައް ފަށައިފައެވެ.
މުބާރާތް މި އަހަރު ކުޅެވޭނީ ދެ ގުރޫޕަކަށް ބަހައިލައިގެންނެވެ. ގްރޫޕް ސްޓޭޖްގެ މެޗުތަކަށްފަހު ސެމީ ފައިނަލަށް ދާނީ ކޮންމެ ގުރޫޕަކުން ވެސް އެންމެ ގިނަ ޕޮއިންޓް ހޯދާ ދެ ޓީމެވެ.
މިހާރު ޝެޑިއުލްކުރެވިފައިވާ ގޮތުން، މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ އަންނަ މަހު 30ވަނަ ދުވަހުގެ ރޭގައެވެ.
މުބާރާތުގެ ޗެމްޕިއަން ޓީމަށް 150،000 ރުފިޔާގެ ފައިސާގެ އިނާމެއް ދޭއިރު، ރަނަރަޕް ޓީމަށް ވަނީ 50،000 ރުފިޔާގެ ފައިސާގެ އިނާމެއް ކަނޑައަޅައިފައެވެ.
މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ޓީމަކީ ވިންޑް ވޯރިއޯސްއެވެ. ރަނަރަޕް ޓީމަކީ ނައިފަރު ޗެލްސީއެވެ.
-f8b94b6d.jpg)
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން
1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން

1 އަހަރަށްވުރެ ގިނަ ކުރިން