-8402fff9.png)

މަރްޔަމް މާޙީ

ފަތުރުވެރިކަމަށް 156 ތަނެއް ތަރައްގީކުރުމުގެ މަސައްކަތް މިހާރު ކުރިއަށްދަމުންދާ ކަމަށް ޓުއަރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވެއްޖެއެވެެ.
މިއަދު ރައީސް އޮފީހުގައި ބޭއްވިނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު ވިދާޅުވީ މިއަހަރުގެ ތެރޭގައި އިތުރު 1,290 އެނދު މާކެޓަށްް އިތުރު ކުރެވޭނެ ކަމަށް މައުލޫމާތު ލިބިފައިވާކަމަށެވެ. އަދި 61 ތަނެއްގެ މަސައްކަތް އެކި ސަބަބުތަކާހުރެ މިވަގުތަށް މަޑުޖެހިފައިވާ ކަން ވެސް މިނިސްޓަރު ފާހަގަކުރެއްވިއެވެ.
ރާއްޖޭގައި މިވަގުތު 175 ރިސޯޓު އޮންނަ އިރު, 816 ގެސްޓުހައުސް ވެސް އަންނަނީ އޮޕަރޭޓް ކުރަމުންނެވެ. އަދި ހޮޓާ ފެންވަރުގައި 15 ތަނެއް ހިންގައެވެ. މީގެ އިތުރުން މިހާރު އެންމެ ހަލުވި ކަމާއެކު ޑިމާންޑު އިތުރުވަމުން އަންނަ ހިދުމަތަށް ކޭޓާ ކުރުމަށް މިވަގުތު 156 ސަފާރީ އިން ވެސް އަންނަނީ ހިދުމަތް ފަތުރުވެރިންނަށް ފޯރުކޮށްދެމުންނެވެ. މި ތަންތަނުގައި ޖުމުލަ 62,000އަށް ވުރެ ގިނަ އެނދު ހުރެއެވެ.

7 މަސް ކުރިން
7 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން

11 މަސް ކުރިން