-8402fff9.png)

ޝަންގްރިލާ ރިސޯޓު--
ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސި ވައުދުފުޅާ އެއްގޮތަށް ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުފައިވިއެވެ.
އެ ރިސޯޓަކީ މީގެ ކުރިން އައްޑޫގައި ހިންގަމުން ދިޔަ ރިސޯޓެކެވެ. ކޮވިޑް-19 ގެ ސަބަބުން ކުރިމަތިވި އިގުތިސޯދީ ތަދުމަޑުކަމުގައި ބަންދުކުރި މި ރިސޯޓު އަލުން ހުޅުވުމަކީ ރައީސްގެ ރިޔާސީ ވައުދުފުޅަކަށް ވީއިރު މިހާރު އެ ރިސޯޓު ވަނީ ރަސްމީކޮށް ހުޅުވާ ހިދުމަތް ދޭން ފަށާފައެވެ.
2009 ވަނަ އަހަރު ހުޅުވި ޝަންގްރިލާ ރިސޯޓަކީ އައްޑު އަތޮޅުގެ ވިލިނގިލީގައި ހިންގަމުންދިޔަ ރިސޯޓެކެވެ.
މިދިޔަ ސެޕްޓެމްބަރު މަހު އެ ރިސޯޓު އަލުން ހުޅުވާނެ ކަމަށް ޓޫރިޒަމް މިނިސްޓަރު ތޯރިގް އިބްރާހިމް ވިދާޅުވިއެވެ. އޭރު ތޯރިގް ވިދާޅުވި ގޮތުގަތި އާ އަހަރާއި ދިމާކޮށް ޝަންގްރިލާ ހުޅުވާނީ މިމަހު 31 ގައެވެ.
ނަމަވެސް އޭގެ އެއް ދުވަސް ކުރިން ޝަންގްރިއްލާ މި ވަނީ ރަސްމީކޮށް ހުޅުވާފައެވެ.
އެ ރިސޯޓު ހުޅުވުގެ މަސައްކަތް ކުރިއަށް ދިޔަ އިރު ރައީސް ވަނީ އެ ރަށަށް ޒިޔާރަތްކޮށް މަސައްކަތް ކުރިއަށްދާ ގޮތް ގާތުން ބައްލަވާފައެވެ.
ކޮވިޑާ ގުޅިގެން ޝަންގްރިއްލާ ބަންދުކުރި ފަހުން، އެ ރިސޯޓުން އަލުން ހިދުމަތް ދޭނެ ދުވަހަކަށް އައްޑޫގެ ރައްޔިތުން އައީ އިންތިޒާރުކުރަމުންނެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން