-8402fff9.png)
ސައިފުﷲ އަލީ

މިއަދުގެ ނޫސްވެރިންގެ ބައްދަލުވުމުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވާހަކަދައްކަވަނީ --
ކުރީ ސަރުކާރުން ހެދި އަސްކަރީ އެއްބަސްވުންތަކުގައި ކަންބޮޑުވާންޖެހޭ ވަރުގެ ކަމެއް މިހާރު ނޯންނާނެ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ވިދާޅުވީ، އެ އެއްބަސްވުންތައް ހާމަކުރުމަކީ އެމަނިކުފާނުގެ ރިޔާސީ ވައުދެއް ކަމަށެވެ. ނަމަވެސް، އެކަން މިހާތަނަށް ކުރެވިފައި ނުވަނީ އެ އެއްބަސްވުންތައް ސިއްރުކުރުމަށް އެއްބަސްވުންތަކުގައި ހިމަނާފައިވާ މާއްދާތަކުގެ ސަބަބުން ކަމަށެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުންތަކުގައި ހުރި ކަންބޮޑުވާންޖެހޭ ކަންކަން ޓްރާންސިޝަނަލް މުއްދަތުން ފެށިގެން ވާހަކަދައްކައިގެން ހައްލުކޮށްފައިވާ ކަމަށެވެ. އަދި، ގައުމުގެ މިނިވަންކަމަށް ވިސްނާ، ހައިޑްރޮގްރަޕީ އެއްބަސްވުން އުވާލާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
އެ މާއްދާތައް ހުރުމުން، އެއްބަސްވުން ހާމަކުރެވެނީ ދެ ގައުމުގެ ރުހުމާއެކު ކަމަށް ރައީސް ވިދާޅުވިއެވެ. ނަމަވެސް އެކަމާ ގުޅޭ މަޝްވަރާތައް ކުރިއަށްދާ ކަމަށް ރައީސް ވިދާޅުވިއެވެ.
"ބައިލެޓްރަލް މަޝްވަރާތައް އެކަމުގަ ކުރިއަށް އެބަދޭ. އޭގަ އިޝޫސްތަކެއް ހުރެގެނެއް ނޫން. އެހެން ނަމަވެސް ހާމަކުރާނެ ކަމަށް އަޅުގަނޑު ވައުދު ވެފައިވާތީ ބައިލެޓްރަލް ޑިސްކަޝަންތަކުގެ ތެރެއިން އެ ހާމަކުރުމުގެ މަސައްކަތް ކުރެވޭތޯ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ އެއްބަސްވުންތައް ހާމަކުރުމުގެ މަސައްކަތް ކުރިއަށް ދަނީ ވައުދު ފުއްދުމުގެ ގޮތުން ކަމަށެވެ. އެއީ އެ އެއްބަސްވުންތަކުގައި މިހާރު ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރުމުން ނޫން ކަމަށް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން