-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: އަވަސް
މިއަހަރުގެ ހައްޖުވެރިންނަށް ބޭންކު ރޭޓުގައި 1750 ޑޮލަރު ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގައި އެދިއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ ހައްޖަށް މިއަހަރު ވަޑައިގަންނަވާ ފަރާތްތަކަށް ބޭންކްގެ ރަސްމީ ރޭޓުގައި ޑޮލަރު ހޯދުމުގައި ލުއި ފަސޭހަ ޙައްލެއް ހަމަޖައްސައިދިނުމުގެ ގޮތުން، ކޮންމެ ޙައްޖު ވެރިއެއްގެ ބޭންކް އޮފް މޯލްޑިވްސް ޑެބިޓް ކާޑަށް، މިހާރު އޮންނަ ޑޮލަރުގެ ލިމިޓުގެ އިތުރުން 1750 އެމެރިކާ ޑޮލަރުގެ ލިމިޓެއް ހަމަޖައްސައި ދިނުމަށް ބޭންކް އޮފް މޯލްޑިވްސް ގައި އެދެފައި ވާނެ ކަމަށެވެ.
އަދި އެމަނިކުފާނުގެ ޕޯސްޓުގައި ދިވެހި ރައްޔިތުންގެ ބޭންކެއްގެ ގޮތުގައި ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށްޓަކައި ބޭންކް އޮފް މޯލްޑިވްސް އަށް ޝުކުރު ދަންނަވާފައިވެއެވެ.
މި ބަދަލާއިއެކު ކޮންމެ ހައްޖުވެރިޔަކަށް ވެސް ބީއެމްއެލް ޑެބިޓް ކާޑުން 2000 ޑޮލަރުގެ ލިމިޓެއް ލިބިގެން ދާނެއެވެ. ބީއެމްއެލް ޑެބިޓް ކާޑުގެ ލިމިޓަކީ 250 ޑޮލަރެވެ.
މި އަހަރު ވެސް ރާއްޖެ އިން 1000 މީހުން ހައްޖަށް ދާން ހަމަޖެހިފައިވާއިރު ފުރަތަމަ ގްރޫޕް ފުރާނީ މިމަހުގެ 26 ވަނަ ދުވަހުއެވެ. މިއަހަރުގެ ހައްޖު ދުވަހަށް ވަނީ ޖޫން މަހުގެ ހަތަރު ވަނަ ދުވަހެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން