-8402fff9.png)
ފާތިމަތު މިޝްކާ
-fc573e05.jpg)
ހަލާލް ޓޫރިޒަމަށް ޚާއްސަކޮށް ރިސޯޓު ތަރައްގީ ކުރުމަށް ވަކި ރަށްތަކެއް ކަނޑައަޅައި އެ ކަމަށް އިންވެސްޓްކުރާ ފަރާތްތަކަށް ޚާއްސަ ލުއިތަކެއް ދޭން ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމަވައިފިއެވެ.
ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަކީ މިހާރު ވެސް ދުނިޔެއަށް މިސާލެއް ކަމަށެވެ. ދެމެހެއްޓެނެވި ގޮތެއްގައި ޓޫރިޒަމް ތަރައްގީކުރުމަށް އެހެން ގައުމުތަކުން މިސާލު ނަގަނީ ރާއްޖެއިން ކަން އެމަނިކުފާނު ވިދާޅުވިއެވެ.
"ސަރުކާރުން މިހާރު ބޭނުންވަނީ ހަލާލް ޓޫރިޒަމްގެ އެއްވަނަ މަންޒިލުގެ ގޮތުގައި، އަދިި ބެންޗްމާކްގެ ގޮތުގައި ރާއްޖެ ހެދުމަށް މަސައްކަތް ކުރުމަށް،" ރައީސް ވިދާޅުވިއެވެ.
ވަކި ރަށްތަކެއް ހަލާލް ޓޫރިޒަމަށް ޚާއްސަ ކުރާއިރު، އެ ރަށްތަކަށް އިންވެސްޓް ކުރާ ފަރާތްތަކަށް ބޮޑެތި ލުއިތަކެއް ސަރުކާރުން ދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އަންނަ ހަފުތާގެ ތެރޭގައި މިކަމާ ގުޅޭ އިތުރު ތަފުސީލުތައް ޓޫރިޒަމް މިނިސްޓްރީން އާންމުކުރާނެ ކަމަށެވެ.
ފަތުރުވެރިކަމަކީ ރާއްޖޭގެ އިގްތިސޯދުގެ މައި ތަނބު ކަމަށްވާއިރު، އެ ސިނާއަތުގެ ވިޔަފާރި އިތުރަށް ފުޅާކުރަން މި ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން