-8402fff9.png)
ސައިފުﷲ އަލީ

މާލޭގެ އެންމެ ބާރުބޮޑު ބާޒާރުމަތީ ސަރަހައްދު -- މާލޭ އުތުރު ފަރާތު ބޮޑުުތަކުރުފާނުމަގު -- ފުޅާކޮށް، ހަތަރު ލޭނަށް ތަރައްގީކުރުމުގެ މަސައްކަތް ފަށައިފިއެވެ.
އިންފްރާސްޓްރަކްޗާ މިނިސްޓަރު ޑރ. އަބްދުﷲ މުއްތަލިބު ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެ މަސައްކަތް ފެށުމަށްޓަކައި ބޮޑުތަކުރުފާނުމަގުން ބައެއް ބަންދުކޮށް، ޓްރެފިކް ފްލޯއަށް ބަދަލު ގެނެސްފައިވާ ކަމަށެވެ. އަދި އެ މަގު ތަރައްގީކުރަން ހަމަޖެހިފައިވަނީ ހަތަރު ލޭނަށް ކަމަށް އޭނާ ވިދާޅުވިއެވެ.
މާލޭ ބޮޑުތަކުރުފާނު މަގުން ތާރު ނާޅައި އޮތް ބައި ތަރައްހީ ކުރުމަށް ހިންގާ މަޝްރޫއުގެ ދަށުން ހުޅުމާލޭ ފެރީ ޓާމިނަލް ސަރަހައްދުން ފެށިގެން ރަސްފަންނާ ހަމައަށް ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއު ސަރުކާރުން ހަވާލުކޮށްފައިވަނީ އެމްޓީސީސީއާއެވެ. މިދިޔަ އޭޕްރީލްމަހު ސޮއިކުރި މަޝްރޫއުގެ ދަށުން މަގު ހެދުމަށް އެންމެ ފުރަތަމަ ބަންދުކޮށްފައިވަނީ ލޯކަލް މާރުކޭޓު ސަރަހައްދުގެ މަގެވެ. އެ ސަރަހައްދުގެ ފަޅުން ބައެއް ވެސް ވަނީ އެ މަސައްކަތަށް ބަންދުކޮށްފައެވެ.
މި މަޝްރޫއުގެ ދަށުން ތާރު އެޅުމުގެ އިތުރުން، ފެން ހިންދާ ނިޒާމު ގާއިމުކޮށް، ދުވާރު ހަދާ، މަގުމަތީގެ ނިޝާންތައް ހަރުކުރަން ހަމަޖެހިފައިވެއެވެ. ޖުމްލަ 144 މިލިއަން ރުފިޔާގެ އަގުހުރި މި މަޝްރޫއު ނިންމަން ހަމަޖެހިފައިވަނީ 455 ދުވަސް ތެރޭގައެވެ.

4 ދުވަސް ކުރިން

10 ދުވަސް ކުރިން

11 ދުވަސް ކުރިން

18 ދުވަސް ކުރިން
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން

2 މަސް ކުރިން