-8402fff9.png)

މަރްޔަމް މާޙީ

ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ރަސްމީ ދަތުރުފުޅެއްގައި ޕާކިސްތާނަށް މިއަދު ފުރާވަަޑައިގެންފި އެވެ.
މި ދަތުރުގައި މަނަދޫ ދާއިރާގެ މެންބަރު ހުސްނީ މުބާރަކާއި, ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި, ގަމު ދާއިރާގެ މެންބަރު ޔޫސުފް ނަޝީދުގެ އިތުރުން ހުޅުމާލެ މެދުދާއިރާގެ މެންބަރު މެންބަރު އަބްދުﷲ ޝަޒީމް ވެސް އަބްދުއްރަހީމްގެ އަރިހުގައި ވަޑައިގެންނެވިއެވެ.
މި ދަތުރުފުޅުގައި ޕާކިސްތާނު ސަރުކާރުގެ ބައެއް އިސްވެރިންނާ ބައްދަލުކުރައްވަން ހަމަޖެހިފައިވާއިރު, ރަސްމީ ދަތުރުފުޅެއްގައި މަޖިލީހުގެ ރައީސް ފުރާވަޑައިގެންފައިވަނީ މަޖިލިސް ދޮރުމަތީ ސިލްސިލާ މުޒާހަރާތަކެއް ކުރަމުން ދަނިކޮށެވެ.
އެގޮތުން މިއަދުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ އަމިއްލަ މެންބަރު އަބްދުލް ހަންނާނު އަބޫބަކުރު ހުށަހަޅުއްވާފައިވާ މީޑިއާ ރެގިއުލޭޓު ކުރުމުގެ ބިލަށް ވޯޓުލާނެ ކަމަށް ބެލެވޭއިރު, ޕީއެންސީގެ ފަސް މެންބަރުން ވަނީ މިއަދު ފުރާވަޑައިގެންފައެވެ.
މި ދަތުރުފުޅު ނިންމަވާލަައްވައި, އަބްދުއްރަހީމް އެނބުރި ރާއްޖެ ވަޑައިގަންނަވަން ހަމަޖެހިފައިވަނީ އަންނަ ހޮނިހިރު ދުވަހުއެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން