-8402fff9.png)

މަރްޔަމް މާޙީ

މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ވަގުތީ ކޮމިޓީ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އިން މިއަދު އެކުލަވާލައިފި އެވެ.
މި ކޮމިޓީގައި ހިމެނެނީ ފަސް މެންބަރުންނެވެ.
މިދިޔަ ބުރާސްފަތި ދުވަހު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ރެގިއުލޭޝަން ބިލު ރައީސް ޑރ މުހައްމަދު މުއިއްޒު ތަސްދީގު ކުރައްވައިފައިވާއިރު, އައު ކޮމިޝަން އެކުލަވައިލައި، މެންބަރުން ކޮމިޝަން އައްޔަންކުރުމާހަމައަށް ކޮމިޓީ ވަގުތީގޮތުން ހިންގާނީ ސިވިލް ސާވިސް ކޮމިޝަނުން އެކުލަވައިލާ 5 މެންބަރުންގެ ވަގުތީ ކޮމިޓީއަކުން ކަމަށް ބަޔާންކޮށްފައިވެއެވެ.
ވަގުތީ ކޮމިޓީއަށް އައްޔަންކޮށްފައިވަނީ:
"މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަން" އުފައްދާފައިވަނީ "މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން" އަދި "މޯލްޑިވްސް މީޑިއާ ކައުންސިލު" އުވާލުމަށްފަހުގައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން