-8402fff9.png)

މަރްޔަމް މާޙީ

ކަށި މިޔަރުގެ މަސްވެރިކަން ކުރަން 40 އުޅަނދަކަށް ހާއްސަ ލައިސެންސެއް ދޭން ގަވައިދު ބަދަލުކޮށްފިއެވެ.
މިދިޔަ ސެޕްޓެންބަރު މަހުގެ ތެރޭގައި ހދ. ކުޅުދުއްފުށީ ރައްޔިތުންނާ ބައްދަލުކުރައްވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ ނޮވެންބަރު 1 އިން ފެށިގެން ކަށިމިޔަރުގެ މަސްވެރިކަން ރާއްޖޭގައި ކުރެވޭނެ ކަމަށް ވިދާޅުވެފައެވެ.
އެގޮތުން ރާއްޖޭގެ މަސްވެރިކަމުގެ އާންމު ގަވައިދަށް ގެނައި އިސްލާހުގެ ދަށުން 40 އުޅަނދަކަށް ކަށި މިޔަރުގެ މަސްވެރިކަން ކުރުމަށް ހާއްސަ ލައިސެންސެއް ދޫކުރެވޭނެއެވެ. އަދި މިއަދުން ފެށިގެން ހަ މަސް ދުވަހުގެ ތެރޭގައި ކަށި މިޔަރުގެ މަސްވެރިކަން ބެލެހެއްޓުމަށް އުސޫލުތައް ކަނޑައެޅުމަށް 13 މެންބަރުންގެ ކޮމިޓީއެއް ފިޝަރީޒް މިނިސްޓްރީން އެކުލަވާލަން ޖެހޭނެއެވެ.
އަދި މަސްވެރިކަން ކުރުން މަނާ ސަރަހައްދުތަކުގައި, ކަށި މިޔަރުގެ މަސްވެރިކަން ކޮށްފި ނަމަ އުޅަނދުގެ ކެޔޮޅާއި ލައިސަންސްގެ ވެރިފަރާތް 100،000ރ. އިން ޖޫރިމަނާ ކުރާނެ ކަމަށް ވެސް ވެއެވެ.
ރާއްޖެއަކީ 2010ވަނަ އަހަަރުން ފެށިގެން މިޔަރު ހިޔާމަތްކޮށް މިޔަރުގެ މަސްވެރިކަން ކުރުން މަނާ ކޮށްފައިވާ ގައުމެކެެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން