-8402fff9.png)

އެމްބާޕޭ (ކ) ރޭގެ މެޗުގައި މިލާން ކުޅުންތެރިން ލަނޑުޖެހުމުން. ޕުލިސިޗް އަދި ޖިރޫޑް (ވ) ލަނޑު ޖެހުމަަށްފަހު އުފާ ފާޅުކުރަނީ.
ޔުއެފާ ޗެމްޕިއަންސްލީގުގެ ގްރޫޕް ސްޓޭޖުގައި ރޭ އޭސީ މިލާން އަދި ޕިއެސްޖީ ބައްދަލުކުރި މެޗު އޭސީ މިލާން އިން ކާމިޔާބު ކޮްށްފިއެވެ.
އޭސީ މިލާން އިން މި މެޗު ކާމިޔާބު ކުރި ދެ ލަނޑު އެއް ލަނޑުގެ ނަތީޖާއަކުންނެވެ.
މެޗުފަށިގެން މާގިނައިރު ތަކެއްނުވެ ޕިއެސްޖީއިން ވަނީ ރަގަޅު އެޓޭކްތަކެއް އުފައްދާ މިލާންގެ ގޯލަށް ނުރައްކާކުރަން ފަށާފައެވެ. ނަތީޖާއެއްގެ ގޮތުން ނުވަވަނަ މިނެޓުގައި ޕީއެސްޖީއިން ވަނީ ލަނޑެއް ޖަހައި މެޗުގައި ލީޑު ނަގާފައެވެ. ކޯނަރަކުން ހުރަސް ކޮށްލި ބޯޅަ ގޯލަށް ފޮނުވާލީ ކުރީގެ އޭސީމިލާންގެ ޑިފެންޑަރު މިލާން ސްކްރިނިއާ އެވެ.
ލަނޑު ޖެހުމަށް ފަހު މިލާންގެ ފުރަތަމަ ލަނޑާ ހަމައަށް ރަނގަޅު ކުޅުމެއް ދައްކާފައިވާނީ ޕިއެސްޖީއެވެ. ޕިއެސްޖީގެ ހަމަލާތަކަށް ރައްދުދީ އޭސީ މިލާންއިން އުފެއްދި ކައުންޓަ އެޓޭކެއްގައި އެޓީމުގެ ފުރަތަމަ ލަނޑު ޖަހައިދިނީ ފުރަތަަމަ ހާފްގެ 12 ވަނަ މިނެޓްގައެވެ. މި ލަނޑު ބައިސްކަލް ކިކަކުން ޖަހައިދިނީ ޕޯޗުގަލްގެ ޒުވާްން ތަރި ރަފާ ލެއާއޯއޭއެވެ. މީ މިސީޒަނުގެ ޗެމްޕިއަންސްލީގުގައި ލެއާއޯގެ ފުރަތަމަ ލަނޑެވެ. ފުރަތަމަ ހާފް ނިމިގެން ދިއައީ ދެޓީމުގެ ފަރާތުން ވެސް ބާލާހިތްވާ ރިތީ ކުޅުމަކަށް ފަހު ނަތީޖާ އެއްވަރުކޮށް އޮވެއެެވެ.
ދެވަނަ ހާފު ފެށިގެން ޕީއެސްޖީއަށްވުރެ ރަނގަޅު ކުޅުމެއް ދެއްކީ އޭސީ މިލާނެވެ. އެގޮތުން މެޗުގެ 50 ވަނަ މިނެޓުގައި ތިއޯ ހޭނާންޑޭޒް ޕީއެސްޖީގެ ޕެނަލްޓީ އެރިއާ ތެރެއަށް ހުރަސް ކޮށްލި ބޯޅަ ބޮލުން ގޯލްގެ ތެރެއަށް ފޮނުވާލާ މެޗުގައި އޭސީމިލާން އިން ލީޑު ނަގައިދިން ލަނޑު ޖަހައިދީިނި ފްރާންސްގެ ތަޖުރިބާކާރު ފޯވާޑު އޮލިވިއޭ ޖިރޫޑްއެވެ. ޕީއެސްޖީ އަދި ދުނިޔޭގެ މަޝްހޫރު ތަރި ކިލިއަން އެމްބާޕޭގެ ފަރާތުން މެޗުަަގައި ފެނިގެން ދިއައީ އާދައިގެ ކުޅުމެކެވެ. ފުރަތަމަ ހާފުގައި މިލާންގެ ގޯލަށް ނުރައްކާވާ ފަދަ މަދު ހަމަލާތަކެއް ފޮނުވާލި ނަމަވެސް މުޅި މެޗުގައި އޭނާ ވިދުން ވަރަށް ފަނޑެވެ.
މިިިފަހަރުގެ ޔުއެފާ ޗެމްޕިއިއަަންސް ލީގުގެ "ގްރޭޕް އޮފް ޑެތް" ކަމަށް ގިނަ ބަޔަކު ބުނާ މި ގްރޫޕުގައި ދެން އޮތީ ޖަރުމަނުގެ ބްރޫޝިއާ ޑޯޓުމަންޑާ އަދި އިނގިރޭސި ނިއުކާސަލް ޔުނައިޓެޑެވެ. މި ދެޓީމު ރޭ ބައްދަލު ކުރި މެޗު ފަސޭހަކަމާއެކު ދޭއް ސުމެއްގެ ނަތިޖާ އަކުން ކާމިޔާބު ކުރީ ޑޯޓްމަންޑެވެ. ގްރޫޕް ސްޓޭޖުގައި ކޮންމެ ޓީމަކަށް ބާކީ އެއް މެޗު އޮތް އިރު ރޭގެ މެޗުތަކުގެ ނަތީޖާތަކަށްފަހު ، މި ގްރޫޕުގެ އެއްވަނައިގައި ހަތް ޕޮއިންޓާއެކު އޮތީ ބްރޫޝިއާ ޑޯޓްމަންޑެވެ. ދެވަނައި ހަ ޕޮއިންޓާއެކު ޕިއެސްޖީ އޮތްއިރު ރޭގެ މޮޅާއެކު ފަސް ޕޮއިންޓާއެކު އޮތީ އޭސީ މިލާނެވެ. ޓޭބަލްގެ ފުލުގައި ހަތަރު ޕޮއިންޓާއެކު އޮތީ ނިއުކާސަލްއެވެ. ޔޫއެފާ ޗެމްޕިއަންސްލީގުގައި މިރޭވެސް ފޯރިގަދަ މެޗުތަކެއް ކުޅެވޭނެއެވެ.

7 މަސް ކުރިން

9 މަސް ކުރިން

12 މަސް ކުރިން
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-a41fe890.jpg)
ގާތްގަނޑަކަށް 2 އަހަރު ކުރިން