-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

މި އަހަރުގެ މަސްވެރިންގެ ގުންޒަރުގައި މަސްވެރިކަމުގެ ވަޒީރު އަޙްމަދު ޝިޔާމް ވާހަކަފުޅު ދައްކަވަނީ -- ފޮޓޯ: ފިޝަރީޒް މިނިސްޓްރީ
ރިޔާސީ އިންތިހާބުގެ ކެމްޕެއިނުގައި ރައީސް ޑރ.މުހައްމަދު މުއިއްޒު މަސްވެރިންނަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭ މިންވަރަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ކަމަށް މަސްވެރިކަމާއި ބެހޭ ވަޒީރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މިއަހަރުގެ މަސްވެރިންގެ ދުވަސް ސަރުކާރުން ރަސްމީކޮށް ފާހަގަކުރާ ރ. ދުވާފަރުގައި ރޭ ބޭއްވި "މަސްވެރިންގެ ގުންޒަރު" ގައި ވާހަކަ ދައްކަވަމުންނެވެ.
ޝިޔާމް ވިދާޅުވީ މަސްވެރިންނަށާއި މަސްވެރިކަމުގެ އިންޑަސްޓްރީއަށް ރައީސް ވެވަޑައިގެންނެވި ވައުދުތައް ގިނަވީ އެ އިންޑަސްޓްރީގެ ހާލަތު އޮތްގޮތުން ކަމަށެވެ. އަދި ވައުދުތައް ގިނަ ނަމަވެސް ރައީސް މިހާރު ވެސް ގެންދަވަނީ އެ ވައުދުތައް ފުއްދަވަމުން ކަމަށް ވަޒީރު ފާހަގަކުރެއްވި އެވެ.
ބައެއް ވައުދުތަކަކީ ކުޑަކޮށް ދުވަސް ނަގާ ކަންތައްތައް، އެއީ މާލީ ގޮތުން ތަރުތީބުތަކެއް، އިންތިޒާމުތަކެއް ގެންނަން ޖެހޭ ވައުދުފުޅުތަކަށް ވާތީއާ އެކީގައި، - މަސްވެރިކަމާއި ބެހޭ ވަޒީރު
ވަޒީރު ވިދާޅުވި ގޮތުގައި މަސްވެރިންނާ ގުޅުން ހުރި މައްސަލަތައް ނުވަތަ ގޮންޖެހުންތަކަށް ހައްލު ހޯދަން ވަގުތު ހޭދަވަނީ އެއީ ޒަމާންވީ ގޮންޖެހުންތަކަކަށް ވާތީއެވެ.
އަދި އެކަންކަމަށް ވަގުތު ހޭދަވާ ކަން ގަބޫލު ކުރައްވާ ކަމަށާއި، މަސްވެރިންނަށްޓަކައި ކުރާ މަސައްކަތްތަކުގައި މަސްވެރިންގެ ފަރާތުން ލިބޭ އެހީތެރިކަން ލިބޭތީ އެކަމަށްޓަކައި ވަޒީރު ވަނީ ޝުކުރު އަދާކުރައްވާފައެވެ.
ވަޒީރު ވިދާޅުވީ ސަރުކާރުތަކަށް އެންމެ އުނދަގޫވާ ކަމަކީ މަސް ގަންނަ އަގު ސަރުކާރުން ކަނޑައަޅާފައި ވަނިކޮށް ދުނިޔޭގެ ބާޒާރުން އެ އަގު ނުލިބުމުން، ކޭޝްފްލޯ މެނޭޖްކުރަން ޖެހުމެވެ.
އަދި އެކަން އެއީ މި ސަރުކާރަށް އެކަނި ކުރިމަތިވާ ދަތިކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުތަކަށް ކުރިމަތިވާ ދައްޗެއް ކަމަށް ވަޒީރު ވިދާޅުވި އެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން