-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ރަޢީސް ވާހަކަފުޅުދައްކަވަނީ-- ފޮޓޯ: ރައީސް އޮފިސް
ދަންވަރު ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކުރަން ރައީސް ޑރ. މުހައްމަދު މުއިއްޒު ފުލުހުންނަށް އަންގަވައިފިއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު "އެކްސް"ގަަައި ކުރެއްވި ޕޯސްޓެއްގައެވެ. އެމަނިކުފާނު ވިދާޅުވީ ހުއްޓުވާ ސުވާލުކުރެވޭނީ ރޭގަނޑު 12 އާއި 6 އަކާ ދެެމެދު އާންމު ތަންތަނުގައާއި މަގުމަތީގައި އުޅޭ ބިދޭސީންނާ ކަމަށެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ފިޔަވަޅެއް އަޅަންޖެހުނު ސަބަބަކީ ބިދޭސީންގެ ތެރެއިން ބައެއް ފަރާތްތަކުން ރޭގަނޑުގެ ދަންވަރު ވަގުތުތަކުގައި ރަށުތެރޭގެ އާއްމު މަސްލަހަތު ގެއްލޭ ފަދަ ކަންކަން ކުރަމުންދާތީއާއި އާއްމު އިޖްތިމާއީ މިންގަނޑުތަކާއި ހިލާފަށް އުޅެމުންދާތީއެވެ.
މީގެ އިތުރުން ރަޢީސް ވިދާޅުވި ގޮތުގައި މި ވަގުތުތަކުގައި ބޭރުގައި އުޅޭ ބިދޭސީން ހުއްޓުވާ ސުވާލުކޮށް އަދި ފާހަގަވާ ކަންކަމާއި ގުޅިގެން ގާނޫނީގޮތުންއަޅަންޖެހޭ ފިޔަވަޅެއްވާނަމަ އެ ފިޔަވަޅުއެޅުމަށް މިރެއިން ފެށިގެން ދިވެހި ފުލުހުންނާއި ކަމާބެހޭ އެހެން އިދާރާތަކުން މަސައްކަތް ފަށަން ވަނީ ދަންނަވާފައެވެ.
މިހާތަނަށް ވަނީ ބިދޭސީންގެ އެތައް މައްސަލަތަކެއް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި މާރާމާރީތައް ވެސް ހިމެނެއެވެ.

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 22 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން