-8402fff9.png)

މަންމައާއި ދަރިފުޅު-- ފޮޓޯ: ދަ ޕްރެސް
އެކަނިވެރި މައިންނަށް ނުވަތަ ބަފައިންނަށް ދޭ އެލަވެންސް 15,000 ރުފިޔާއަށް ބޮޑުކުރަމަށް ސަރުކާރުން ނިންމައި، އިސްލާހު ގެޒެޓުކޮށްފިއެވެ.
ގާނޫނަށް ގެނައި މި އިސްލާހު މިއަދު ގެޒެޓްކޮށްފައިވާއިރު މި ގަވާއިދާ އެއްގޮތަށް އަމަކުކުރަން ފަށާނީ އަންނަ އަހަރުން ފެށިގެންނެވެ.
މި ގަވާއިދުގެ ދަށުން އެކަނި ދަރިން ބަލަހައްޓާ މައިންނަށް ނުވަތަ ބަފައިންނަށް މާލީ އެހީގެ ގޮތުގައި މަހެއްގެ ތެރޭގައި ދެވޭނީ އެންމެ ގިނަވެގެން ވެސް 15,000 ރުފިޔާއެވެ. އެހެންކަމުން އަހަރެއްގެ މައްޗަށް އެކަކަށް އެންމެ ގިނަވެގެން ދެވޭނީ 180,000 ރުފިޔާއެވެ.
ހަތަރު ދަރިންނާ ހަމަޔަށް ކޮންމެ ކުއްޖަކަށް ދޭނީ 3,000 ރުފިޔާގެ މާލީ އެހީއެވެ. ހަތަރު ކުދިންނަށްވުރެ ގިނަނަމަ އިތުރުވާ ކޮންމެ ކުއްޖަކަށް މަހެއްގެ މައްޗަށް ދޭނީ 1,000 ރުފިޔާގެ އެލަވެންސެއް ކަމަށް މި ގަވާއިދުގައި ބުންޏެވެ.
މީގެ ކުރިން އެކަނިވެރި މައިންނަށާއި ބަފައިންނަށް އެލަވެންސް ދެނީ އެއް ކުއްޖަކު ހުރިނަމަ 2,000 ރުފިޔާއެވެ. އަދި އެއަށްވުރެ ގިނަ ކުދިން ތިބޭ ނަމަ ކުއްޖަކަށް 1,000 ރުފިޔާއެވެ.

19 ދުވަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން

7 މަސް ކުރިން