-8402fff9.png)

ޢާއިޝަތު ނުޒުހާ

ކުޑަކުދިންނަށް ކުރިމަތިވާ ގޯނާތަކުން އެ ކުދިން ރައްކާތެރިކޮށް, ސަލާމަތްތެރި މާހައުލެއް ގާއިމް ކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް ސިޔާސަތު ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު ފާހަގަކުރާ ކުޑަކުދިންގެ ދުވަހުގެ މުނާސަބަތުގައި މިއަދު ދެއްކި ހިތޯބުގައި ރައީސް ވިދާޅުވީ, މިއަދަކީ ކުޑަކުދިންގެ ހައްގުތަކަށް ރައްކާތެރިވުމަށާއި، އެ ކުދިންނަށް އުފާވެރި މާހައުލެއް ހޯދައިދިނުމަށް އަޅުގަނޑުމެން ކުރާ މަސައްކަތްތައް އާލާކޮށް ދިރުވުމަށް އާހިތްވަރަކާއެކު އަޒުމް އާ ކުރަން ލިބޭ ފުރުސަތެއް ކަމަށެވެ.
ރައީސް ވިދާޅުވީ އާއިލާގެ ތެރެއިންނާއި، ސްކޫލް މާޙައުލުން އެ ކުދިންނަށް ހިތްވަރުދީ، ރަނގަޅު މަގު ދައްކައިދިނުމަކީ، ކޮންމެ ބޮޑު މީހެއްގެ ވާޖިބެއް ކަމަށާއި އެ ކުދިންނަކީ އިސްލާމީ ރިވެތި އުޞޫލުތަކާއި ދިވެހިވަންތަ އާދަކާދަތަކަށް އަހުލުވެރިވެފައިވާ ބަޔަކަށް ހެދުމަށް އެންމެން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.
ސަރުކާރުން އަބަދުވެސް މަސައްކަތް ކުރަމުންދަނީ ކުޑަކުދިންނަށް ބޭނުންވާ ޞިއްޙީ ފަރުވާއާއި، ފެންވަރު ރަނގަޅު ތަޢުލީމު ކަށަވަރުކޮށްދިނުމަށް ކަމަށާއި އެ ކުދިންނަށް ކުރިމަތިވާ އެކި ބާވަތުގެ ގޯނާތަކުން ރައްކާތެރިކޮށް، ސަލާމަތްތެރި މާޙައުލެއް ޤާއިމުކޮށްދިނުމަކީ ދައުލަތުގެ އެންމެ އިސް އެއް ސިޔާސަތު ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން