-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ. މުހައްމަދު މުއިއްޒު
ކުރިޔަށް އޮތް ދެ އަހަރަކީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒުކުރާނެ ދެ އަހަރުގެ ގޮތުގައި ރައީސް ޑރ. މުޙައްމަދު މުޢިއްޒު މިއަދު ކަނޑައަޅުއްވައިފިއެވެ.
"އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، އެސްއެމްއީތަކާއި އެކު މި މަހު ބޭއްވި ބައްދަލުވުމުގައި ވިޔަފާރިވެރިން ފާހަގަކުރި ކަންކަމުގެ އަލީގައި އެ ދާއިރާ ކުރިއެރުވުމަށް މެނިފެސްޓޯގައި ކަނޑާއަޅާފައިވާ ކަންކަމާއި، ސަރުކާރުން އެ ދައިރާ ކުރިއެރުވުމަށް ކުރިޔަށްގެންދާ ނަތީޖާތައް ބައްޓަންކުރުމަށް ކެބިނެޓުގައި ގިނަ މަޝްވަރާތަކެއް ކުރެވިފައިވާ ކަމަށެވެ.
އެގޮތުން ދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނާއެކު ބޭއްވި ބައްދަލުވުމުގައި އިޢުލާނު ކުރި ކަންކަމުގެ އިތުރުން، ކުރިޔަށް އޮތް ދެ އަހަރު ދުވަހަކީ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ކުރިއެރުވުމަށް ޚާއްސަ ފިޔަވަޅުތަކެއް ތަންފީޒު ކުރާނެ ދެ އަހަރު ގޮތުގައި ކަނޑައަޅައިފައިވާ ކަމަށް ވެސް އެމަަނިކުފާނު ވިދާޅުވިއެވެ.
އޭގެ ބައެއް ކަންކަން މި އަންނަ އަހަރުން ފެށިގެން ތަންފީޒުކުރަން ފަށާނެ ކަމަށާއި، އެ މައުލޫމާތުތައް ކަމާއި ގުޅުންހުރި އިދާރާތަކުން އިއުލާނުކުރާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި މަހު، އެސްއެމްއީ ތަކާއި އެކު ރައީސް ބޭއްވެވި ބައްދަލުކުވުމުގައި ގިނަ ކަންބޮޑުވުންތަކެއް އެސްއެމްއީތަކުން ވަނީ އެމަނިކުފާނާއި ހިއްސާކުރައްވާފައެވެ. އެގޮތުން ރާއްޖެއަށް މުދާ އިމްޕޯޓުކުރުމާއި އެ މުދާ ކްލިއާ ކުރުމުގައި ހުރި ދަތިތަކާއި، ޑޮލަރު ލިބުމުގައި ހުރި ދަތިތަކުގެ އިތުރުން، ޕްރޮޖެކްޓްތަކަށް ދަައުލަތުން ލިބެންޖެހޭ ފައިސާތައް ނުލިބުމުގެ ކަންބޮޑުވުން އެ ވިޔަފާރިވެރިން ވަނީ ފާޅުކޮށްފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން