-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ވެމްކޯގެ މުވައްޒަފެއް ކުނި އަކާލަނީ-- ފޮޓޯ: ވެމްކޯ
ކުނި އުކާލުމުގައި ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކުން ނަގާ ފި ކުޑަކުރުމަށް ވެމްކޯއިން މިއަދު ނިންމައިފިއެވެ.
މި ނިންމުމާ އެއްގޮތަށް އަގުތައް ކުޑަ ކުރެވޭނެ ކަމަށް ވެމްކޯއިން ބުނެފައިވަނީ އަންނަ އަހަރުގެ ފެބްރުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.
އެ ކުންފުނިން ބުނި ގޮތުގައި އަގު ކުޑަކުރުމުގައި ވަކި ބޭންޑުތަކެއް ކަނޑައެޅުމަށް ދަނީ މަޝްވަރާ ކުރަމުންނެވެ. އެ މަޝްވާރާތަަކަށްފަހު ކަނޑައެޅޭ ބޭންޑުތައް ކުރިއަށްއޮތް ތަނުގައި އިއުލާނުކުރާނެ ކަމަށް އެ ކުންފުނިން ވަނީ ބުނެފައެވެ.
އަގުތައް ކުޑަކުރެވޭނީ ކިހާ މިންވަރަކަށް ކަމެއް އަދި އެ ކުންފުނިން ނުބުނެ އެވެ.
އެ ކުންފުނިން ބުނި ގޮތުގައި މި ބަދަލަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ޅާ އެއްގޮތުގެ މަތިން ގެނެވުނު ބަދަލެކެވެ.
އެ ގޮތުން ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކުން ވެމްްކޯއިން ނަގާ ފީ ކުޑަކޮށްދޭނެ ކަމަށް ރައީސް ވަނީ މީގެ ކުރިން ނިންމަވާފައެވެ.

3 މަސް ކުރިން

3 މަސް ކުރިން

4 މަސް ކުރިން

4 މަސް ކުރިން
-8960dcf8.jpg)
4 މަސް ކުރިން
-3ad3813c.jpeg)
4 މަސް ކުރިން
-eb088e61.png)
4 މަސް ކުރިން

7 މަސް ކުރިން