-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

ޑރ. އައިޝަތް ރަމީލާ-- ފޮޓޯ: ދަ އެޑިޝަން
އެޗްއާރުސީއެމްގެ ރައީސް ކަމަށް ޑރ. އައިޝަތް ރަމީލާ، ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަނުކުރައްވައިފިއެވެ.
ޑރ. އައިޝަތު ރަމީލާއަކީ މީގެ ކުރިން މިނިސްޓާ އޮފް އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ. އޭނާ އެ މަގާމުން އިސްތުފާދެއްވީ ސިއްހީ ކަމަކާ ގުޅިގެން 2024 ވަނަ އަހަރެވެ. 2023 ވަނަ އަހަރު ނޮވެމްބަރު މަހު އޭނާ ވަނީ ކެންސަރަށް ފަރުވާ ހޯދަމުންދާ ކަމަށް ވިދާޅުވެފައެވެ.
ރަމީލާ އޭނާގެ ކެރިއަރު ފެއްޓީ ނަރުހެއްގެ ގޮތުގައި 1990 ގައެވެ. އޭގެ ފަހުން ދެ ފަހަރު ސްޓޭޓް މިނިސްޓާ އޮފް ހެލްތްގެ މަގާމު އަދާކުރެއްވިއެވެ.
އޭނާ ސޯޝަލް ސައިންސުން ޕީއެޗްޑީ ހާސިލްކުރެއްވީ 2010 ވަނަ އަހަރު މެލޭޝިއިންނެއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން