-8402fff9.png)
-d9d2168d.jpg)
ހާއިމް އަހްމަދު ހާޝިމް

ދިއްދޫ އެއާޕޯޓު ތަރައްގީ ކުރުމުގެ މަޝްރޫއު -- ފޮޓޯ: އިހަވަންދޫ.ކޮމް
ސަރުކާރުގެ ގިނަ މަޝްރޫއު ތަކެއް ހއ. ދިއްދޫގައި ކުރިއަށްދާ ކަމަށް އެ ރަށު ކައުންސިލުގެ ރައީސް އަބްދުﷲ ރަޝީދު ވިދާޅުވެެއްޖެއެވެ.
"ނުކުތާ" އަށް ދިއްދޫ ކައުންސިލުގެ ރައީސް ވިދާޅުވީ، ދިއްދޫގެ އެއާޕޯޓު ބިން ހިއްކުމުގެ މަޝްރޫއާއި، ހއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތް އެޅުމުގެ މަޝްރޫއުގެ އިތުރުން، އެ ރަށުގައި ޔޫތު ސެންޓަރެއް ގާއިމު ކުރުމުގެ މަޝްރޫއުވެސް މިހާރު އެ ރަށުގައި އެއްފަހަރާ ކުރިއަށްދާކަމަށެވެ.
އެގޮތުން، ރައްޔިތުންގެ ޒަމާންވީ އުންމީދުތަކާ ގުޅިފައިވާ ދިއްދޫ އެއާޕޯޓު ތަރައްގީކުރުމުގެ މަޝްރޫއުގެ ތެރެއިން، ބިން ހިއްކުމުގެ އަމަލީ މަސައްކަތް މިހާރު ހަލުވިކަމާއެކު ކުރިއަށް ދާ ކަން އޭނާ ފާހަގަކުރެއްވިއެވެ.
އަދި ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ރައްޔިތުން އެންމެ ބޭނުންވާ ފަދަ ފެންވަރު ރަނގަޅު ސިއްހީ ނިޒާމެއް ގާއިމުކުރުމަށް ކުރެވެމުންދާ މަސައްކަތްތައް ދަނީ ވަރަށް ހަލުވިކަމާއެކު ކުރަމުންކަމަށާއި، އެގޮތުން ހއ. އަތޮޅު ހޮސްޕިޓަލުގެ އައު އިމާރާތުގެ މަސައްކަތަކީ ސިއްހީ ދާއިރާއަށް ރައީސް ގެންނަވަމުންދާ އިންގިލާބީ ބަދަލުތަކުގެ ތެރެއިން މުހިންމު މަޝްރޫއެއްކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.
މި މަޝްރޫއުތަކާ ގުޅިގެން ރަށުގެ ރައްޔިތުން ވަރަށް ހިތްހަމަޖެހިފައިވާކަން ވެސް ދިއްދޫ ކައުންސިލުގެ ރައީސް ފާހަގަ ކުރެއްވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން