-8402fff9.png)
މިރާޝް މޫސާ

ސޯޝަލް ސެންޓަރުގައި ހުންނަ މިނިމަމް މެޑިކަލް ރިކުއަޔަމެންޓް ފެސިލިޓީ ރައީސް ޑރ. މުހައްމަދު މުއިއްޒު ހުޅުއްވައިދެއްވަނީ ---
ގައުމީ އަދި ބައިނަލްއަގުވާމީ ކުޅުވަރު މުބާރާތްތައް ބާއްވާ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ޚިދުމަތްތައް ފޯރުކޮށްދިނުމަށް ބޭނުންވާ ވަސީލަތްތައް ގާއިމުކުރުމުގެ މަސައްކަތް މިރޭ ފަށައިފިއެވެ.
އެކަން ފެށުމުގެ ގޮތުން މިރޭ ސޯޝަލް ސެންޓަރުގައި އޮތް ރަސްމިއްޔާތުގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ އެ ސެންޓަރުގައި ހަދާފައިވާ މިނިމަމް މެޑިކަލް ރިކުއަޔަމެންޓް ފެސިލިޓީ ހުޅުވާދެއްވާފައެވެ.
ސަރުކާރުން ބުނީ ކުޅިވަރު ކުޅޭ ތަންތަނުގައި ހުންނަ ސިއްހީ ފަރުވާދޭ ކޮޓަރިތައް ދަށްވެގެން ވަކި މިންގަނޑެއްގައި ބެހެއްޓުމުގެ މަގުސަދަކީ ކުޅުންތެރިއަކަށް، އޮފިޝަލަކަށް ނުވަތަ ބެލުންތެރިއަކަށް ސިއްހީ ފުރަތަމަ އެހީ ދޭންޖެހޭފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އެހީތެރިވެދޭނެ އިންތިޒާމުހަމަޖެހިފައިވާކަން ކަށަވަރުކުރުން ކަމަށެވެ. އަދި އެފަދަ ހާލަތެއް މެދުވެރިވެއްޖެނަމަ އަވަސްފަރުވާ ދިނުމާއި ވީއެންމެ އަވަސް ފުރުޞަތެއްގައި ރައްކާތެރިކަމާއެކު ސިއްހީ ފަރުވާދޭ ހޮސްޕިޓަލަކަށް ނުވަތަ އިމަރޖެންސީ ފަރުވާދޭ ތަނަކަށް ގެންދިއުމުގެ އިންތިޒާމު ހަމަޖެހިފައިވާކަން ކަށަވަރުކުރުން ކަމަށެވެ.
އެފަދަ ތަންތަނުގައި ހުރުން ލާޒިމުކުރާ ސިއްހީ ޚިދުމަތްތަކާބެހޭ މިންގަނޑުތައް އެކުލަވާލުމަކީ ސަރުކާރުގެ ހަފްތާ 14ގެ ލަނޑުދަނޑިތަކުގެ ތެރޭގައި ހިމެނޭކަމެކެވެ.
ސޯޝަލް ސެންޓަރުގައި މެޑިކަލްރޫމް އިފްތިތާޙްކޮށްދެއްވުމަށްފަހު ރައީސް އެތަން ބައްލަވާލެއްވިއެވެ. މީގެ އިތުރުން މިއަހަރުގެ ބާސްކެޓްބޯޅަ ސީޒަން ހުޅުވި މެޗު ވެސް ރައީސް ބައްލަވާލެއްވިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން