-8402fff9.png)

އަޙްމަދު ޝާބިން
-d1e42f7f.jpg)
ސަރުކާރުގެ މައި ހޮސްޕިޓަލް ކަމުގައި ކަނޑައަޅާފައިވާ ދަރުމަވަންތަ ހޮސްޕިޓަލް --- ނުކުތާ ފޮޓޯ
މި އަހަރުގެ ތެރޭގައި ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި ރޮބޮޓިކް ސާޖަރީގެ ޚިދުމަތް ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު އިޢުލާން ވިދާޅުވެއްޖެއެވެ.
ރައީސް މިކަން ހާމަކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލީހުގައި މިއަހަރުގެ ރިޔާސީ ބަޔާން އިއްވަވަމުންނެވެ.
ސިއްޙީ ދާއިރާއަށް އަންނާނެ މުހިންމު ކުރިއެރުންތަކަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ކާޑިއޯތޮރެސިކް އެންޑް ވެސްކިޔުލަ ސާޖަރީ، އިންޓަރވެންޝަނަލް ރޭޑިއޮލޮޖީ، ގެސްޓްރޯ އީއާރސީޕީ، އަދި ރޮބޮޓިކް ސާރޖަރީގެ ޚިދްމަތް ދަރުމަވަންތަ ހޮސްޕިޓަލާއި އައިޖީއެމްއެޗްގައި މިއަހަރުގެ ތެރޭގައި ފަށާނެ ކަމަށެވެ.
މީގެ އިތުރުން، ދަރުމަވަންތަ ހޮސްޕިޓަލުގައި "ނޭޝަނަލް ސެންޓަ ފޯ ނިއުރޯސައިންސް އެންޑް ސްޓްރޯކް" ކުރިއަށް އޮތް ހަފްތާ ތެރޭގައި ހުޅުވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއާއެކު ރާއްޖޭގައި ނާރުގެ ބަލިތަކަށް ދެވޭ ފަރުވާ އިތުރު ހަރުފަތަކަށް އުފުލިގެންދާނެކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ސިއްޙީ ދާއިރާ އިތުރަށް ހަރުދަނާކުރުމަށްޓަކައި ރާއްޖޭގެ އަތޮޅުތަކާ ގުޅިގެން ހިންގުމަށް ރޭވިފައިވާ އެކި ޕްރޮގްރާމްތަކުގެ މައުލޫމާތު ވެސް އެމަނިކުފާނު މިއަދުވަނީ ދެއްވާފައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން