-8402fff9.png)

އަޙްމަދު ޝާބިން

ހއ. ދިއްދޫގައި އެންމެ ފަހުން ހިއްކާ ނިންމާލި ސަރަަހައްދު
ހއ. ދިއްދޫގެ 112 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް އިއްޔެ އެއްކޮށް ނިންމާލައިފިއެވެ.
4 ޖެނުއަރީގައި ފެށި ބިންކުމުގެ މި މަސައްކަތް ނިންމާލެވިފައިވަނީ އެންމެ 50 ދުވަސް ތެރޭގައެެވެ.
އެމްއޭސީއެލުން ހިންގި އެ ޕްރޮޖެކްޓުގެ މައިގަނޑު މަގްސަދަކަށްވީ ދިއްދޫގައި އެއާޕޯޓެއް އަޅައި، ބޯހިޔާވަހިކަމުގެ މަޝްރޫއުތައް ހިންގަން ބިން ހިއްކުމެވެ.
ރަށުގެ އާބާދީގައި 3،000 އަށް ވުރެ ގިނަ މީހުން އުޅޭ ދިއްދޫގައި އެއާޕޯޓެއް ނެތުމުގެ ދައްޗާއި ބޯހިޔާވަހިކަމަށް ބިން ބޭނުންވާހަކަމުގެ ޝަކުވާ ރަށުގެ ރައްޔިތުން ކުރަމުންދާއިރު ރައީސް ވަނީ މިކަން ހައްލުކޮށްދެއްވާނެ ކަމަށް ވައުދުވެވަޑައިގަންނަވައިފައެވެ.
މި މަޝްރޫއަށް އެމްއޭސީއެލްއިން "ލީވް އެރިކްސަން" ނަމަކަށް ކިޔާ ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރެއް ގެނެސްފައިވެއެވެ. މިއީ މިވަގުތު ދުނިޔޭގަ އޮތް އެންމެ މޮޅު އަދި ބާރުގަދަ އެއް ޑްރެޖަރަށްވީއިރު އެއްފަހަރާ 46000 ކޮޑި މީޓަރު މިއިން ހިއްކައެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން