-8402fff9.png)
-6d139833.jpg)
ޒެނީޝާ ފަތުހީ

އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނުގެ ތެރެއިން-- ފޮޓޯ: އިމިގްރޭޝަން
އިމިގްރޭޝަނުން ކުރިއަށް ގެންދިޔަ އޮޕަރޭޝަނަކުން ގަވާއިދާ ހިލާފަށް ހިންގަމުންދިޔަ ފަސް ތަނެއް ބަންދުކޮށް ތިން ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
މި އޮޕަރޭޝަނަކީ ރައްޖޭގައި ގަވާއިދާ ހިލާފަށް އުޅުމުންދާ ބިދޭސީން ހޯދައި އަނބުރާ ގައުމަށް ފޮނުވުމަށް ކުރިއަށް ގެންދާ ސިލްސިލާ އޮޕްރޭޝަންތަކުގެ ތެރެއިން އޮޕަރޭޝަނެކެވެ.
ފުލުހުންނާއި އިމިގްރޭޝަނާއި ކަސްޓަމްސްއާއި ފުޑް އެންޑް ޑްރަގް އޮތޯރިޓީއިން ކުރިއަށް ގެންދާ މި އޮޕަރޭޝަންގެ ދަށުން ޖުމުލަ 10 ތަނެއް ވަނީ ބަލާ ފާސްކޮށްފައެވެ.
އިިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެންދިޔަ ތިން ބިދޭސީންނަކީ ގަވާއިދާ ހިލާފަށް އުޅެމުންދިޔަ މީހުންނެވެ.
ގަވާއިދާ ހިލާފަށް ބިދޭސީން ވިޔަފާރިކުރާ ތަންތަން ދެނެގަނެ، އެ ތަންތަން ބަލައިފާސްކުރުމަށް މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓާއި އިމިގްރޭޝަނުގެ ޓާސްކްފޯސްއާއި ގުޅިގެން އިއްޔެ ވަނީ އޮޕްރޭޝަނެއް ކުރިއަށް ގެންގޮސްފައެވެ.
މި އޮޕަރޭޝަނުގައި ފަސް ތަނެއް ބަލާފާސްކޮށް ތިން ބިދޭސީއަކު ވަނީ އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައެވެ.

11 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

2 މަސް ކުރިން
-b7403a22.jpg)
3 މަސް ކުރިން
-de28761c.jpg)
3 މަސް ކުރިން

4 މަސް ކުރިން
-be882701.jpeg)
4 މަސް ކުރިން

4 މަސް ކުރިން