-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރާއްޖޭގައި ބޭނުންކުރާ އިލެކްޓްރިކް ވެހިކަލުތައް (އީވީ) ވަކިން ފާހަގަކުރެވޭނެ ގޮތަށް، އެފަދަ އުޅަނދުތަކުގައި ފެހި ކުލައިގެ ނަމްބަރު ބޯޑު ހަރުކުރަން ނިންމާފައިވާކަން މިނިސްޓާ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އެވިއޭޝަން ކެޕްޓަން މުޙައްމަދު އަމީން އިޢުލާން ކުރައްވައިފިއެވެ.
މިއީ ރާއްޖޭގެ ދަތުރުފަތުރުގެ ތާރީޚުގައި މިފަދަ ނިޒާމެއް ތަޢާރަފުކުރެވޭ ފުރަތަމަ ފަހަރެވެ.
ސަރުކާރުގެ ޓެކްސީ ލައިނުގައި ބޭނުންކުރާ އިލެކްޓްރިކް އުޅަނދުތަކާ ގުޅޭގޮތުން އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު އަމީން ވިދާޅުވީ، މި ނިންމުމުގެ މައިގަނޑު މަޤްޞަދަކީ ތިމާވެއްޓާ ރައްޓެހި ދަތުރުފަތުރުގެ ނިޒާމެއް ކުރިއަރުވައި، ތިމާވެއްޓަށް ގެއްލުން ކުޑަ އުޅަނދުތައް ބޭނުންކުރުމަށް ރައްޔިތުންނަށް ހިތްވަރު ދިނުން ކަމަށެވެ.
މި ބަދަލާއެކު މަގުމަތީގައި ދުއްވާ އުޅަނދުތަކުގެ ތެރެއިން އިލެކްޓްރިކް އުޅަނދުތައް ފަސޭހައިން ވަކިކުރަން އެނގޭނެއެވެ.
މިނިސްޓަރު އިތުރަށް ފާހަގަކުރެއްވި ގޮތުގައި، މިއީ ކޮޕް29 (COP29) ބައްދަލުވުމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިޢުލާން ކުރެއްވި ތިމާވެށީގެ ސިޔާސަތުތަކަށް އެއްބާރުލުން ދިނުމުގެ ގޮތުން ނިންމި ނިންމުމެކެވެ.
މި އައު ބަދަލު ގެނައުމަށް ހަމަޖެހިފައިވަނީ އެއްގަމު ދަތުރުފަތުރުގެ ޤާނޫނަށް ގެނެވޭ ހަތްވަނަ އިޞްލާޙުގެ ދަށުންނެވެ. މި އިޞްލާޙުގައިވާ ގޮތުން، ޓެކްސީތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ނަންބަރު ބޯޑުގައި ރީނދޫ ކުލައިގެ އަކުރުތަކެވެ.
އަދި ޕްރައިވެޓް ކާރުތަކުގައި ބޭނުންކުރާނީ ފެހި ކުލައިގެ ނަންބަރު ބޯޑުގައި ހުދު ކުލައިގެ އަކުރުތަކެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
7 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން