-8402fff9.png)

އަޙްމަދު ޝާބިން

ޕާކިންގެ މައްސަލަ ހައްލުކުރުމަށް ހުޅުމާލޭގައި އަޅަން ހަމަޖެހިފައިވާ ހަތް ބިލްޑިންގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
ބެޗް ކޮންސްޓްރަކްޝަން ކުންފުންޏާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި ޕްރޮޖެކްޓްގެ ބިންގާ މިއަދު އަޅުއްވައި ދެއްވީ ޓްރާންސްޕޯޓު މިނިސްޓަރު މުހައްމަދު އަމީން އެވެ. މިރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެސް ވަނީ ބައިވެރިވެވަޑައިގެންފަވެއެވެ.
މިނިސްޓަރު އަމީން ވިދާޅުވާ ގޮތުން މި މަސައްކަތަކީ މާލެ ސަރަހައްދުގެ ޕާކިންގެ މައްސަަލަ ހައްލު ކުރުމަށާއި އަދި ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ކުރުމަށް ކުރެވޭ މަސައްކަތްތަކުގެ އާ "ފޭސް" އެކެވެ. މީގެ ތެރެއިން ޕްރައިވެޓް ސެކްޓާ އިނީޝިއޭޓިވްގެ ދަށުން ހުޅުމާލެ 1 2 އަދި ހުޅުމާލެ 3 ގައި ހަތަރު ޕާކިން ބިލްޑިންގް އަޅާނެ ކަމަށެވެ.
މިގޮތުން މި ހަތް އިމާރާތުގައި 2،600 ހުރެ ގިނަ ހަތަރު ފުރޮޅުލީ އަދި ހާހެއްހާ ދެފުރޮޅުލީ އުޅަނދު ޕާކު ކުރުވޭނެ ޖާގަ އޮންނާނެއެވެ.
ހުޅުމާލެ ފޭސް 1 ގައި 13 ބުރީގެ އިމާރާތް އަޅަން ބެޗް ކޮންސްޓްރަކްޝަން ކުންފުނިން ވަނީ ނިންމާފައިވަނީ އެވެ. އެ ތަނުގައި ދެ ފުރޮޅުލީ އުޅަނދުތަކަށް 500 އަށް ވުރެ ގިނަ ޖާގަ އަދި ހަތަރު ފުރޮޅުލީ އުޅަނދަށް 800 އަށް ވުރެ ގިނަ ޖާގަ ކަނޑައަޅާފައިވެއެވެ. އަޅަން ކަނޑައެޅިފައިވާ ޕާކިން އިމާރާތްތަކުގެ ތެރެއިން އެންމެ ބޮޑު އިމާރާތަކީ މިއެވެ.
މި އެޅޭ އިމާރާތައް އެޅިގެންދާނީ ކުރިއަރާފައިވާ ގައުމުތަކުގައި އެފަދަ އިމާރާތްތަކުގައި ގެންގުޅޭ ކޯޑުތަކަށް ކަމަށާއި އިމާރާތުގެ ތެރޭގައި ޓްރެފިކް ފްލޯއަށް އިސްކަންދީ، ކޮމާޝަލް ސްޕޭސް ހިމެނޭނެ ކަމަށް ބެޗް ކޮންސްޓްރަކްޝަނުން ފާހަގަކުރެއެވެ.
މިނިސްޓާ އިތުރަށް ވަނީ މިއީ ރައީސް ތަސައްވުރާ އެއްގޮތަށް ކުރެވޭ މަސައްކަތެއް ކަމަށާއި މީގެ ސަބަބުން ޕާކުކުރުމަށް ދިމާދަތިތައް ހައްލުވެ، ތޮއްޖެހުންވެސް ކުޑަވެގެންދާނެކަމަށް ވިދާޅުވެފައެވެ.
މަގުތައް ތޮއްޖެހުމުގެ ސަބަބުން މާލޭ ސަހައްދުގައި ދަތުރުފަތުރު ކުރުން ވެފައިވަނީ ވަނީ އުނދަގޫކަމަކަށެވެ. ކުރިން ޖާގަ އޮތް ހުޅުމާލޭގައިވެސް މިހާރު އުޅަނދުތައް ޕާކުކުރާނެ ޖާގަ ނުލިބި ބޮޑެތި މަގުތަކުގެ ލޭނުތައް ބަންދުވެފައި އެބަހުއްޓެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން