-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ކަރަންޓު ނުވަތަ އިލެކްޓްރޯނިކް ވެހިކަލް (އީވީ) ތަކުގެ ނަމްބަރު ބޯޑުތައް ފެހި ކުލައަށް ބަދަލު ކުރުމަށް މިނިސްޓްރީ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަނުން ދެ މަސް ދުވަހުގެ މުއްދަތެއް ދީފިއެވެ.
މިކަން ހާމަކޮށްފައިވަނީ އެއްގަމުގައި ދުއްވާ އުޅަނދު ރަޖިސްޓްރީކުރުމުގެ ގަވާއިދަށް އިއްޔެ ގެނައި ހަތްވަނަ އިޞްލާޙުގައެވެ.
އާ ގަވާއިދުގައިވާ ގޮތުން، ވިޔަފާރީގެ އުސޫލުން ބޭނުންކުރާ ކަރަންޓު އުޅަނދުތަކުގައި ބޭނުންކުރާ ނަމްބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި ރީނދޫކުލައިގެ އަކުރުން ލިޔެފައެވެ.
އަދި އަމިއްލަ ބޭނުންތަކަށް ބޭނުންކުރާ ކަރަންޓު އުޅަނދުތަކުގައި ނަމްބަރު ބޯޑު ހުންނަންވާނީ ފެހިކުލައިގެ ބޯޑެއްގައި ހުދުކުލައިގެ އަކުރުން ލިޔެފައެވެ.
މި އިޞްލާޙު ގެނެސްފައިވަނީ ސަރުކާރުން ކުރިއަށް އޮތް ފިތުރު ޢީދު ދުވަހު ފެށުމަށް ނިންމާފައިވާ އައު ޓެކްސީ ލައިންތަކާ ދިމާކޮށްގެންނެވެ.
މި ޚިދުމަތުގައި ބޭނުންކުރުމަށް ހަމަޖެހިފައިވާ ކާރުތަކަކީ މުޅިން ކަރަންޓު ބޭނުންކޮށްގެން ދުއްވާ އުޅަނދުތަކެކެވެ.
-3dbe7788.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން

8 މަސް ކުރިން

8 މަސް ކުރިން

9 މަސް ކުރިން

9 މަސް ކުރިން

11 މަސް ކުރިން