-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ސްެރީލަންކާގައި ދިރިއުޅޭ ދިވެހިންގެ ކަންބޮޑުވުންތަކަށް ދާއިމީ ހައްލެއް ހޯދައިދޭނެކަމުގެ ޔަގީންކަން ރައީސް ޑރ. މުޙައްމަދު މުޢިއްޒު ދެއްވައިފިއެވެ.
ސްރީލަންކާއަށް ކުރެއްވި ފުރަމާނަ ދަތުރުފުޅުގެ ތެރެއިން އެގައުމުގައި ދިރިއުޅޭ ދިވެހި މުޖުތަމައުއާ ބައްދަލުކުރައްވައި ދެއްކެވި ވާހަކަފުޅުގައި، ރައީސް ވަނީ ހިންނަށް ކުރިމަތިވެފައިވާ ވިސާގެ މައްސަލަތަކާއި އެހެނިހެން ގޮންޖެހުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.
އެގޮތުން ސްރީލަންކާ ސަރުކާރާއެކު ބޭއްވެވި މަޝްވަރާތަކުގައި ދިވެހިންނަށް ކުރިމަތިވާ ވިސާގެ ދަތިތަކަށް ހާއްސަ ސަމާލުކަމެއް ދެއްވިކަން ފާހަގަކުރައްވައި، ކުރިއަށް އޮތް ތަނުގައި މިކަމަށް އުންމީދީ ބަދަލުތަކެއް އަންނާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، އިގްތިސާދީ ދާއިރާއިން ދެގައުމުގެ ގުޅުން ފުޅާކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ހިދުމަތްތައް ލަންކާގައި ގާއިމުކުރުމަށާއި، ދިވެހި އުފެއްދުންތައް އެގައުމުގެ ބާޒާރަށް ތައާރަފްކުރުމަށް ރޭވިފައިވާ މަސައްކަތްތަކަށް ރައީސް އަލިއަޅުއްވާލެއްވިއެވެ.
ހަމައެއާއެކު، ތައުލީމާއި ސިއްހީ ދާއިރާއިން އޮންނަ އެއްބާރުލުން އިތުރުކޮށް، ލަންކާގައި ހުންނަ ދިވެހި ހައިކޮމިޝަނުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތަކުގެ ފެންވަރު މަތިކުރައްވާނެ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
މި ބައްދަލުވުމުގައި ރައީސް ވަނީ ރާއްޖެއިން ބޭރުގައި ދިރިއުޅޭ ދިވެހިންގެ ހާލަތު ބައްލަވައި، އެމީހުންގެ ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމަކީ ސަރުކާރުން ނުހަނު އިސްކަންދޭ ކަމެއްކަން ހާމަކުރައްވާފައެވެ.
އަދި ދެގައުމުގެ ދެމެދުގައި އޮތް ޒަމާންވީ ރަހުމަތްތެރިކަމާއި އާންމު ރައްޔިތުންގެ މެދުގައި އޮންނަ ގާތް ގުޅުމުގެ މައްޗަށް ބިނާކޮށް، ދިވެހި އާއިލާތަކަށް ބޭނުންވާ އެހީތެރިކަން ދެމެހެއްޓެނިވި ގޮތެއްގައި ފޯރުކޮށްދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން