-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ރައީސް ޑރ. މުޙައްމަދު މުޢިއްޒު، ލަންކާގައި ދިރިއުޅޭ ދިވެހިންނާއެކު ބޭއްވެވި ބައްދަލުވުމުގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ސްރީލަންކާއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގެ ތެރެއިން އެ ގައުމުގައި ދިރިއުޅޭ ދިވެހިންނާ ބައްދަލުކުރެއްވުމަށް ބޭއްވި ހަފުލާއަށް ނުދިއުމަށް ބައެއް ދިވެހިންނަށް އެންގި ކަމަށް ބުނެ ފެތުރެމުންދާ ވާހަކަތައް ސަރުކާރުން މިއަދު ދޮގުކޮށްފިއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޗީފް ގަވަރންމަންޓް ސްޕޯކްސްޕާސަން މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވިދާޅުވީ، އެފަދަ އެންގުމެއް އެއްވެސް ފަރާތަކަށް އަންގާފައި ނުވާނެ ކަމަށެވެ. އަދި އެ ހަފުލާ ހިނގަމުން ދިޔައިރު އެފަދަ އަޑުތަކެއް ފެތުރޭކަމުގެ މައުލޫމާތު ލިބުމުން، އެކަން ބެލުމަށް ލަންކާގައި ހުންނަ ރާއްޖޭގެ ހައިކޮމިޝަނުގައި އެދިވަޑައިގެންނެވި ކަމަށާއި، ރައީސުލްޖުމްހޫރިއްޔާ ދިވެހި ރައްޔިތަކާ ބައްދަލުނުކުރައްވަންވީ އެއްވެސް ސަބަބެއް ނެތް ކަމަށް މުންދު ވިދާޅުވިއެވެ.
"އަޅުގަނޑުމެންނެއް ނާންގަން. ރައީސެއް ވިދާޅެއްނުވާނެ އެއްވެސް ބޭފުޅަކަށް ބައްދަލުނުވާނެ. އަނެއްކާ ދެން ދިވެހި ރައްޔިތަކާ ބައްދަލުނުކުރަންވީ ސަބަބެއް އަޅެ ވިސްނާލަންތޯ؟" މުންދު ސުވާލު އުފެއްދެވިއެވެ.
ރައީސް މުޢިއްޒަކީ ރައްޔިތުންގެ ފާޑުކިއުންތަކާއި ހިޔާލުތައް އަޑުއައްސަވާ ބޭފުޅެއް ކަމުގައި ފާހަގަކުރައްވަމުން މުންދު ވިދާޅުވީ ރާއްޖޭގެ އެކި ރަށްރަށަށް ކުރައްވާ ދަތުރުފުޅުތަކުގައި ވެސް ރައްޔިތުން ވަރަށް ބާރަށް އަޑުއުފުލައި، ހިތްހަމަނުޖެހުން ފާޅުކުރާ ހާލަތްތަކުގައި ވެސް ރައީސް އެ ކަންކަމަށް ވަރަށް ކެތްތެރިކަމާއެކު ޖަވާބުދާރީވެވަޑައިގަންނަވާކަމަށެވެ.
"މި ރައީސަކީ ހުރިހާ އެކަހަލަ ފީޑްބެކެއް އަޑުއައްސަވާނެ ރައީސެކޭ. އެ އަޑުއައްސަވާފައޭ ޖަވާބުދާރީވެވަޑައިގަންނަވަނީ. އެ މަނިކުފާނު މި ޒާޖު ހުންނަ ގޮތުން ހަމަ ވަރަށް ކޫލް، ކާމް އެންޑް ކަލެކްޓެޑްކޮށް އެއަށް ޖަވާބުދާރީވެވަޑައިގަންނަވާ،" މުންދު ވިދާޅުވިއެވެ.
މުންދު ވިދާޅުވީ ރައްޔިތުންނާއި ރައީސާ ދެމެދު އޮންނަ ގާތް ގުޅުން ކުރިއަށް އޮތް ތަނުގައި ވެސް އެ ގޮތުގައި ދެމިއޮންނާނެ ކަމަށާއި، އެފަދަ ދޮގު ވާހަކަތަކުން އެ ގުޅުމަށް ބުރޫ ނާރާނެ ކަމަށެވެ.

ގާތްގަނޑަކަށް 18 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން