-8402fff9.png)

ޢާއިޝަތު ނުޒުހާ

ކުރީ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އަޅުވާފައި އޮތް 974 މިލިއަން ޑޮލަރުގެ ދަރަނި މިދިޔަ 40 ދުވަސް ތެރޭގައި ދައްކާފައިވާ ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކުރީ ސަރުކާރުން ތިން ފަހަރެއްގެ މަތިން އިންޑިއާއިން ޖުމްލަ 150 މިލިއަން ޑޮލަރުގެ ދަރަނި ނަގާފައިވާ ކަމަށާއި އޭގެ ތެރެއިން 50 މިލިއަން ޑޮލަރު މި ސަރުކާރުގެ ކުރީކޮޅުގައި ދެއްކިއިރު, މިއަދަށް ޑިއު ވެފައި އޮތް 50 މިލިއަން ޑޮލަރު މިހާރު ދައްކާފައިވާ ކަމަށެވެ.
ބާކީ 50 މިލިއަން ހަމަވާނީ އަންނަ ސެޕްޓެމްބަރު މަހު ކަމަށާއި އެ ވެސް ދައްކައި ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
"މިދިޔަ ސަރުކާރުން ރައްޔިތުންގެ ބޮލުގައި އެޅުވި ދަރަނި ދަންތުރައިގެ 150 މިލިއަން ދައްކާ ސަލާމަތް ކުރެވި ނިމުނީ," ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި, ފާއިތުވީ 40 ދުވަސް ތެރޭގައި 974 މިލިއަން ޑޮލަރު ހަލާސްކޮށް ނިމިފައިވާ ކަމަށެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން