-8402fff9.png)

އަޙްމަދު ސަދޫފް މޫސާ

ގެއްލިފައިވާ އިޓަލީގެ ފަތުރުވެރިން ހޯދުމުގެ އޮޕަރޭޝަނެއްގައި އުޅެނިކޮށް ނިޔާވި އެމްއެންޑީއެފްގެ ޑައިވަރު، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީގެ ވަކިވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ތަޢުޒިޔާ ވިދާޅުވެއްޖެއެވެ.
މި ހިތާމަވެރި ޙާދިސާއާ ގުޅިގެން "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ، ގެއްލިފައިވާ ފަތުރުވެރިން ހޯދަން ފީނަމުންދިޔަ ރާއްޖޭގެ ޤައުމީ ދިފާޢީ ބާރުގެ ޑައިވަރަކު ނިޔާވުމަކީ އެމަނިކުފާނަށާއި ދިވެހި ކޮންމެ ރައްޔިތަކަށްވެސް ލިބުނު ވަރަށް ފުން ހިތާމައެއް ކަމަށެވެ. އަދި މިއީ ވަރަށް ބޮޑު ހިތްދަތިކަމަކާއި ނުތަނަވަސްކަމެއް ގެނުވި ޚަބަރެއްގެ ގޮތުގައި ރައީސް ސިފަކުރެއްވިއެވެ.
"މަރުޙޫމްގެ ޢާއިލާއަށް ކެތްތެރިކަން ދެއްވުން އެދި ދުޢާކޮށް، އެ ޢާއިލާއަށާއި އެމްއެންޑީއެފަށް ތަޢުޒިޔާ ދަންނަވަން،" ރައީސްގެ މެސެޖުގައި ވިދާޅުވިއެވެ.
މީގެ އިތުރުން މަޤާމުގެ ވާޖިބު އަދާކުރަމުން ދަނިކޮށް ކުއްލި ޙާލަތެއް މެދުވެރިވެ ނިޔާވި ހިތްވަރުގަދަ ޑައިވަރު މަހުދީއަށް ޝަހީދެއްގެ ދަރަޖަ ދެއްވުން އެދި ރައީސް ވަނީ ދުޢާ ކުރައްވާފައެވެ.
އެމްއެންޑީއެފް އިން މަޢުލޫމާތު ދީފައިވާ ގޮތުގައި، ސްޓާފް ސާޖަންޓް މުޙައްމަދު މަހުދީ ނިޔާވީ ޑައިވްކޮށްގެން ހާލު ދެރަވެ، މާލެ ގެނެސް ފަރުވާދެނިކޮށެވެ.
މާތްﷲ، މަރުޙޫމަށް ސުވަރުގޭގެ ދާއިމީ ނިޢުމަތް މިންވަރުކޮށްދެއްވައި، ތަނަވަސް ރަޙްމަތުގައި ލަހައްޓަވާށިއެވެ.

ގާތްގަނޑަކަށް 19 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 20 ގަޑިއިރު ކުރިން

ގާތްގަނޑަކަށް 21 ގަޑިއިރު ކުރިން

3 ދުވަސް ކުރިން

3 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން

6 ދުވަސް ކުރިން