-8402fff9.png)
މިރާޝް މޫސާ
-16208035.jpg)
ހުޅުމާލޭގައި ތަރައްގީކުރާ މޯލްޑިވްސް އިންޓަނޭޝަނަލް ފައިނޭންޝަލް ސެންޓަރު (އެމްއައިއެފްސީ) މަޝްރޫއުގެ ސްކޯޕަށް ބަދަލުތަކެއް ގެނައުމަށް އެ މަޝްރޫއު ހިންގާ ކުންފުނިން ހުށަހަޅައި، އެކަމުގެ ފީޒިބިލިޓީ ދިރާސާތައް ސަރުކާރުން ބަލަމުންދާ ކަމަށް ޗީފް ގަވަންމަންޓް ސްޕޯކްސްޕާސަން މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅު ދައްކަވަމުން މުންދު ވިދާޅުވީ އެމްއައިއެފްސީ މަޝްރޫއު ކުރިއަށް ނުދާ ކަމަށް ދެކެވޭ ވާހަކަތަކަކީ ހަގީގަތެއް ނޫން ކަމަށެވެ. އެ މަޝްރޫއު ކުރިއަށް ގެންދާ ކުންފުނިން އެމީހުންގެ މަސައްކަތުގެ ސްކޯޕަށް ބަދަލުތަކެއް ގެންނަން ބޭނުންވެ، އެކަން ސަރުކާރަށް ހުށަހަޅާފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
މަޝްރޫއުގެ ސްކޯޕަށް ގެނައި ބަދަލުތަކުގެ ފީޒިބިލިޓީއާއި އެކަމާ ގުޅޭ އެހެނިހެން ހުއްދަތަކުގެ މަސައްކަތް މިހާރު ކުރިއަށްދާ ކަމަށާއި، އެކަންކަން ފުރިހަމަވުމުން ސަރުކާރުން އެ މަޝްރޫއާމެދު ގޮތެއް ނިންމާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
މި މަޝްރޫއަކީ ގަތަރުގެ ޝާހީ އާއިލާގެ ކުންފުންޏެއް ކަމަށްވާ އެމްބީއެސް ގްލޯބަލް އިންވެސްޓްމަންޓްސް އާއި ދިވެހި ސަރުކާރު ގުޅިގެން ހުޅުމާލޭގެ ތިންވަނަ ފިޔަވަހީގައި ގާއިމްކުރުމަށް ރާވާފައިވާ މާލީ ފްރީޒޯނެކެވެ. މި މަޝްރޫއާ ގުޅޭ މަސައްކަތްތައް ފެށުމަށް ނިންމީ މިދިޔަ އަހަރުގެ މެއި މަހުގެ ތެރޭގައެވެ.
އެމްއައިއެފްސީން ކުރިން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫއު ހިންގަނީ 780،000 އަކަމީޓަރުގެ ސަރަހައްދެއްގައެވެ. މަސައްކަތް ފަށާތާ ފަސް އަހަރުގެ ތެރޭގައި އެ ސެންޓަރު އެއްކޮށް ނިންމުމަށް ވަނީ އަމާޒު ހިފައިފައެވެ.
މި މަޝްރޫއު ފުރިހަމަވެގެން އަންނައިރު، އެތަނުގައި 6،500 އަށް ވުރެ ގިނަ މީހުންނަށް ދިރިއުޅެވޭނެ އިންތިޒާމް ހަމަޖެހޭނެއެވެ. އަދި ދުވާލެއްގެ މައްޗަށް 35،000 އެއްހާ މީހުން އެ ސެންޓަރަށް ޒިޔާރަތްކުރާނެ ކަމަށް އަންދާޒާކުރެވެއެވެ.
މީގެ އިތުރުން، މި ފައިނޭންޝަލް ސެންޓަރުގައި 3،500 މީހުންގެ ޖާގައިގެ އެންމެ ޒަމާނީ ކޮންފަރެންސް ސެންޓަރަކާއި، ބައިނަލްއަގުވާމީ ފެންވަރުގެ ސްކޫލެއް ގާއިމްކުރުމަށް ހަމަޖެހިފައިވެއެވެ. ކޮންފަރެންސް ސެންޓަރު މެދުވެރިކޮށް ބައިނަލްއަގުވާމީ ބޮޑެތި އިވެންޓްތަކާއި، ސަގާފީ ހަރަކާތްތަކުގެ އިތުރުން އާ އީޖާދުތައް ކުރިއެރުވުމަށް ބާއްވާ ހެކަތޯންތަކަށް ފުރުސަތު ފަހިވާނެ ކަމަށް މަޝްރޫއުގެ ޕްލޭންގައި ބުނެފައިވެއެވެ.
މި މަޝްރޫއުގެ ދަށުން ގާއިމް ކުރާ އިތުރު ތަންތަން
އެ މަޝްރޫއުގެ ދަށުން އިންވެސްޓްކުރާ ކުންފުނިތަކުން ޓެކްސް ދައްކާކަށް ނުޖެހޭނެއެވެ. އެ ސެންޓަރުން ލިބޭ ޚިދުމަތްތަކުގެ ތެރޭގައި ފައިސާގެ އެކި މުއާމަލާތްކުރެވޭ ބޭންކިން އަދި އޮފްޝޯ ބޭންކިންގެ ހިދުމަތް ހިމެނެއެވެ.

4 މަސް ކުރިން

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން

5 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން