-8402fff9.png)
ސައިފުﷲ އަލީ

ވެރިކަން ކުރާ ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ ނައިބު ރައީސްގެ މަގާމުގައި މިހާރުވެސް ހުންނެވި، ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް (މުންދު)، އެ ޕާޓީގެ ކުރިއަށް އޮތް އެތެރޭގެ އިންތިޚާބުގައި އަލުން ނައިބު ރައީސްގެ މަގާމަށް ވާދަކުރައްވަން ނިންމަވައި އެކަން ރަސްމީކޮށް އިއުލާނު ކުރައްވައިފިއެވެ.
މުންދު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ޕީއެންސީގެ ފުރަތަމަ ކޮންގްރެސްގައި ޕާޓީގެ މެންބަރުން ކުރެއްވި އިތުބާރާއެކު އިންތިޚާބުވި ނައިބު ރައީސެއްގެ ހައިސިއްޔަތުންނާއި، މިއަދު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ހަރުދަނާ ވެރިކަމުގައި ރައްޔިތުންނަށް ޚިދުމަތް ކުރުމުގެ ޝަރަފު ލިބިފައިވާތީ މާތް ﷲގެ ޙަޟްރަތަށް ޙަމްދުކުރައްވާ ކަމަށެވެ. އަދި މި ގައުމީ ފިކުރުގައި ދިވެހިރާއްޖެއަށް ހަމަޖެހުމާއި ތަނަވަސްކަން ގެނެސްދެއްވުމަށް ރައީސް މުއިއްޒު ރާއްޖޭގެ ޒައާމަތުގައި ހުންނެވުމަކީ ގައުމަށް އެންމެ ފައިދާހުރި ގޮތް ކަމުގައި ގަބޫލުކުރައްވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.
މީގެއިތުރުން، 2028 ވަނަ އަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ރައީސް މުއިއްޒު ދެވަނަ ދައުރަކަށް އިންތިޚާބު ކުރުމުގެ މަތިވެރި މަގުސަދު ހާސިލުކުރުމަށްޓަކައި، އޭނާގެ ގާބިލުކަން ތަންދިން އެންމެ ފުރިހަމައަކަށް މަސައްކަތް ކުރުމުގެ ވަރުގަދަ އަޒުމެއްގައި ހުންނެވި ކަމަށް މުންދު ވިދާޅުވިއެވެ. ޕީއެންސީގެ ނައިބު ރައީސްކަމަށް ވާދަކުރައްވަން ނިންމެވީ އެ އަޒުމާއެކު މާތް ﷲގެ ވާގިފުޅަށް އެދިވަޑައިގެން ހުންނަވައިގެން ކަމަށްވެސް އޭނާ ހާމަކުރެއްވިއެވެ.
ޕީއެންސީގެ ނައިބު ރައީސްގެ މަގާމުތަކަށް މުންދުގެ އިތުރުން ސަރުކާރުގެ އިސް ބައެއް ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ވާދަކުރައްވައެވެ. އޭގެ ތެރޭގައި ހިމެނެނީ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ސްޕޯޓްސް މިނިސްޓަރު އަބްދުއްލާ ރާފިއުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ނިލަންދޫ ދާއިރާގެ މެންބަރު ފާތިމަތު ސައުދާ އަދި ބާރަށު ދާއިރާގެ މެންބަރު އިބްރާހީމް ޝުޖާއުއެވެ. މި އިންތިޚާބަކީ ޕާޓީގެ އެތެރޭގެ ހިންގުން އިތުރަށް ހަރުދަނާކޮށް ކުރިއަށް އޮތް ސިޔާސީ ހަރަކާތްތަކަށް ތައްޔާރުވުމަށް ބާއްވާ މުހިންމު އިންތިޚާބެކެވެ.

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން

5 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން