-8402fff9.png)
ފާތިމަތު މިޝްކާ
-6e82548d.jpg)
ސަރުކާރުގެ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ދަށުން ގޯއްޗާއި ފްލެޓް ހަމަޖައްސައިދޭނެ ކަމަށް ބުނެ އާންމުންގެ އަތުން އަށް މިލިއަނަށް ވުރެ ގިނަ ރުފިޔާ ނެގިކަމުގެ ތުހުމަތުގައި، މިނިސްޓްރީ އޮފް ފިޝަރީޒް އެންޑް އޯޝަން ރިސޯސަސްގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޔަސީން މަގާމުން ވަކިކޮށްފިއެވެ.
މިއީ ސަރުކާރުގެ އިސް މަގާމެއްގައި ހުރި ފަރާތަކުން އާންމުންނަށް އޮޅުވާލައިގެން މަކަރާއި ހީލަތުން ފައިސާ ހޯދިކަމުގެ ވަރަށް ސީރިއަސް މައްސަލައެކެވެ.
މި މައްސަލަ ފެންމަތިވެފައިވަނީ، ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކުގެ ނާޖާއިޒު ފައިދާ ނަގައިގެން ޔަސީން ގިނަ ބައެއްގެ އަތުން ފައިސާ ނެގިކަމުގެ ރިޕޯޓުތަކާ ގުޅިގެންނެވެ. ތުހުމަތު ކުރެވޭ ގޮތުގައި އޭނާ ވަނީ ފްލެޓާއި ގޯތި ލިބޭނެކަމުގެ ޔަގީންކަން ދީ، އެކި މީހުންގެ އަތުން ޖުމްލަ އަށް މިލިއަން ރުފިޔާއަށް ވުރެ ގިނަ ފައިސާ އަތުލާފައެވެ. މި ތުހުމަތުތަކާ ގުޅިގެން ސަރުކާރުން ފުރަތަމަ އޭނާ ސަސްޕެންޑް ކުރި ނަމަވެސް، ފަހުން ލިބުނު މައުލޫމާތުތަކަށް ބިނާކޮށް އޭނާ ވަނީ ރަސްމީކޮށް މަގާމުން ވަކިކޮށްފައެވެ.
ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވީ، ކޮރަޕްޝަނާއި ހިޔާނާތުގެ އަމަލުތަކަށް މި ސަރުކާރުން އެއްވެސް ފުރުސަތެއް ނުދޭނެކަމަށެވެ. ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ރައްޔިތުންގެ އިތުބާރު ނަގާލައި، އަމިއްލަ މަންފާއަށް މަސައްކަތް ކުރުމަކީ އެއްގޮތަކަށްވެސް ބަލައިގަނެވޭނެ ކަމެއް ނޫންކަމަށް އޭނާ ވިދާޅުވިއެވެ.
ޔާސީންގެ މައްސަލަ މިހާތަނަށް ފުލުހުންނަށް ހުށަހަޅާފައިނުވާކަމަށް ފުލުހުން ބުންޏެވެ.

4 މަސް ކުރިން

4 މަސް ކުރިން

5 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން