-8402fff9.png)

އަވަހާރަކޮށްލާފައިވާ އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާގައި ދިވެހިރާއްޖޭގެ ފަރާތުން މަންދޫބަކު ބައިވެރިވެވަޑައިގަންނަވާނެކަން ދިވެހި ސަރުކާރުން މިއަދު ހާމަކުރައްވައިފިއެވެ.
އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮށްލާފައިވަނީ ފެބްރުއަރީ މަހުގެ އަށާވީސްވަނަ ދުވަހު އެމެރިކާއާއި އިޒްރޭލުން ގުޅިގެން ދިން ޓެރަރިސްޓް ހަމަލާތަކެއްގައެވެ. މި ހާދިސާއާ ގުޅިގެން މާޗް މަހުގެ ތެރޭގައި އެމަނިކުފާނުގެ ޖަނާޒާ ބޭއްވުމަށް އީރާނުގެ ސަރުކާރުން ކުރިން ނިންމި ނަމަވެސް، ސަރަހައްދީ ހަނގުރާމަ ދިގުލައިގެން ދިއުމުގެ ސަބަބުން މި ކަމަށް ވަނީ ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައެވެ. މިހާރު ހަމަޖެހިފައިވާ ގޮތުން، ރަސްމީ އިއްޒަތުގައި ބޮޑު ރަސްމިއްޔާތަކާއެކު އެމަނިކުފާނު ފަސްދާނުލުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ ނުވަވަނަ ދުވަހުއެވެ. އަދި ޖަނާޒާއާ ގުޅޭ އެންމެހައި ކަންކަން އޭގެ ހަތަރު ދުވަސް ކުރިން، ޖުލައި ހަތަރުވަނަ ދުވަހު ފެށުމަށް ވަނީ ތާވަލުކުރެވިފައެވެ.
މި ތާރީޚީ ރަސްމިއްޔާތުގައި ބައިވެރިވުމަށް އީރާނުން ވަނީ ދުނިޔޭގެ އެކި ޤައުމުތަކުގެ އިސްވެރިންނަށާއި އިސްލާމީ ޤައުމުތަކަށް ރަސްމީ ދަޢުވަތު ފޮނުއްވާފައެވެ. މިގޮތުން ދިވެހިރާއްޖެއަށް ފޮނުއްވި ދަޢުވަތު ޤަބޫލުކުރައްވައި، ރާއްޖޭގެ ފަރާތުން ޚާއްޞަ މަންދޫބަކު މި ޖަނާޒާގައި ބައިވެރިވެވަޑައިގަންނަވާނެކަން ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ތަރުޖަމާނު މުޙައްމަދު ޙުސައިން ޝަރީފް (މުންދު) ވަނީ ކަށަވަރުކޮށްދެއްވާފައެވެ. މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ގުޅުމާއި، އިސްލާމީ އުއްމަތަށް ދިމާވާ ބޮޑެތި ކަންކަމުގައި ރާއްޖެއިން ދޭ އަހައްމިއްޔަތުކަން ރަމްޒުކޮށްދޭ ކަމެއްގެ ގޮތުގައި ވަނީ ފާހަގަކުރެވިފައެވެ.
އާޔަތުﷲ އަލީ ޚާމަނާއީގެ ޖަނާޒާއަކީ ފަހުގެ ތާރީޚެއްގައި އެންމެ ގިނަ އަދަދެއްގެ މީހުން ބައިވެރިވާނެ އެއް ޖަނާޒާއަށް ވާނެކަމަށް ކަމާބެހޭ ފަރާތްތަކުން ލަފާކުރެއެވެ. އެތައް މިލިއަން އާންމުންނާއި ގިނަ ޢަދަދެއްގެ ޤައުމުތަކުގެ ވެރިން މި ރަސްމިއްޔާތުގައި ބައިވެރިވާނެކަމަށް ބެލެވޭއިރު، މިއީ މުޅި މެދުއިރުމައްޗާއި އިސްލާމީ ދުނިޔެއަށްވެސް މުހިންމު ރަސްމިއްޔާތަކަށް ވެގެންދާނެއެވެ.

4 މަސް ކުރިން

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން
5 މަސް ކުރިން

5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން