-8402fff9.png)
މިރާޝް މޫސާ
ކޮވިޑް-19 އާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ބޮޑު އެހީއެއް ލިބިފައިވާއިރު، އެ ނަމުގައި އިންޑިއާއިން އިތުރު ލޯނުތަކެއް ނަގަންޖެހުނު ސަބަބާމެދު ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ސުވާލު އުފައްދަވައިފިއެވެ.
"ނުކުތާ" ޕޮޑްކާސްޓްގައި ވާހަކަފުޅުދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މުހައްމަދު ހުސައިން ޝަރީފް ވިދާޅުވި ގޮތުގައި، ކޮވިޑް-19 ގެ ބަލިމަޑުކަމާ ގުޅިގެން ބޭރުގެ މާލީ އިދާރާތަކުން ރާއްޖެއަށް ޖުމްލަ 565.2 މިލިއަން ރުފިޔާގެ މާލީ އެހީ ވަނީ ފޯރުކޮށްދީފައެވެ. މި އެހީގެ ތެރޭގައި ލޯނުގެ ގޮތުގައި ދޫކޮށްފައިވާ ފައިސާއާއި ހިލޭ އެހީގެ ގޮތުގައި ދީފައިވާ ފައިސާ ހިމެނޭކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ފައިސާ ފޯރުކޮށްދިން އިދާރާތަކުގެ ތެރޭގައި އޭޑީބީ، އޭއައިއައިބީ، ޔޫރަޕިއަން އިންވެސްޓްމަންޓް ބޭންކު، އިންޓަނޭޝަނަލް ފިނޭންޝަލް ކޯޕަރޭޝަން، އިފާޑު، އައިއެމްއެފް، އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކު، ޖަޕާނުގެ ޖައިކާ، އޯޕެކް ފަންޑު އަދި ވޯލްޑް ބޭންކު ހިމެނެއެވެ.
މި އިދާރާތަކުން އެހާ ގިނަ އަދަދެއްގެ ފައިސާ ދިންއިރު، ކޮވިޑްގެ ނަމުގައި އިންޑިއާއިން އިތުރު ލޯނުތަކެއް ނަގަންޖެހުނީ ކީއްވެތޯ ސަރުކާރުގެ ތަރުޖަމާނު ވަނީ ސުވާލު އުފައްދަވާފައެވެ. އޭނާ ވިދާޅުވީ، ބައިނަލްއަގުވާމީ މުޖުތަމައުން އެހާ ބޮޑު މާލީ އެހީތެރިކަމެއް ފޯރުކޮށްދީފައި ވަނިކޮށް، އިންޑިއާއިން ބޮޑެތި ލޯނުތަކެއް ނެގުމަކީ ސުވާލު ކުރަންޖެހޭ ކަމެއް ކަމަށެވެ.
ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން، މުންދު ވިދާޅުވީ ނިމިދިޔަ ރިޔާސީ އިންތިޚާބު ކައިރިވުމުން އަމީރުގެ އެންމެ ބޮޑު މަސައްކަތަކަށްވީ ފައިސާ ޗާޕުކުރުން ކަމަށެވެ. އަދި މިކަމާ ގުޅޭގޮތުން އެމްޑީޕީއާ ސުވާލުކުރަންޖެހޭނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެއީ އަހަރުމެން މި ދަންނަ ފޮޓޯ ކޮޕީ މެޝިނަކުން ކުރާ ކަމެއް ނަމަ ޔަގީން ކަރަންޓް މައްސަލައެއް ޖެހިގެން ބަޑިއެއްވެސް ގޮވާނެ. ހަމަ މެދު ނުކެނޑި މެދު ނުކެނޑި. އަމީރުގެ ކަމަކީ ކެމްޕޭން ކައިރިވިއިރު، އަތް އަނބުރާފަ ލާރި ޗާޕްކުރުން
މީގެ އިތުރުން، މިހާރުގެ ސަރުކާރުން ވެރިކަމާ ހަވާލުވުމަށްފަހު، ކުރީ ސަރުކާރުން ނަގާފައިވާ ލޯނުތައް ދައްކަންޖެހޭ މުއްދަތު އިތުރުކުރުމުގެ މަސައްކަތް ކާމިޔާބުކަމާއެކު ކުރިއަށްގެންގޮސް، ލޯނުތައް އަނބުރާ ދައްކަން ފަށާފައިވާކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

4 މަސް ކުރިން

4 މަސް ކުރިން
-6e82548d.jpg)
5 މަސް ކުރިން

5 މަސް ކުރިން

5 މަސް ކުރިން
-16208035.jpg)
6 މަސް ކުރިން

6 މަސް ކުރިން

6 މަސް ކުރިން