-8402fff9.png)
މިންހާ އަބްދުالله

އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު / ފޮޓޯ: މަޖިލިސް އިދާރާ
މި ދުވަސްވަރު ކަޅު ބާޒާރުގައި ޑޮލަރު ގަންނަން ލިބޭ އަގު ތަންކޮޅެއް ބޮޑުކަން ގަބޫލުކުރައްވާ ކަމަށާއި އެހެންނަމަވެސް އެކަން ފިޔަވައި ދެން ތައާރަފްކުރި އާ ހިދުމަތްތަކުގެ ވާހަކަތައް އިދިކޮޅު ފަރާތްތަކުން ދައްކަވަން ޖެހޭ ކަމަށް ސަރުކާރު ހިންގާ ޕާޓީ ޕީއެންސީގެ ޕީޖީ ލީޑަރު އަދި އިނގުރައިދޫ ދާއިރާގެ މެމްބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެ އެވެ.
ބޭރު ފައިސާއާ ބެހޭ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރައްވަމުން ފަލާހު ވިދާޅުވީ ކުރިން ރާއްޖެއަށް އަންނަ ކޮންމެ ފަތުރުވެރިއެއްގެ ބޮލަކަށް 500 ޑޮލަރު މާރު ކުރަންޖެހޭ ގޮތަށް އޮތް އޮތުމުގެ ބަދަލުގައި އާމްދަނީގެ 20 އިންސައްތަ މާރުކުރަންޖެހޭ ގޮތަށް ގެންނަ ބަދަލަކީ ރަނގަޅު ބަދަލުތަކެއް ކަމަށެވެ.
މި ގެންނަ ބަދަލުތަކާއެކީ ތިން ކެޓަގަރީއަކަށް ވިޔަފާރިތައް ބަހާލައި ސީ ކެޓަގަރީގައި ހިމެނޭ ފަތުރުވެރިކަމުގެ ދާއިރާ ފިޔަވައި އެހެން ދާއިރާތަކުގެ ވިޔަފާރިތަކަށް އަހަރަކު 25 މިލިއަން ޑޮލަރު ނުލިބޭނަމަ އެއްވެސް ޑޮލަރެއް މާރު ކުރާކަށް ނުޖެހޭނެ ކަމަށް ފަލާހު ވިދާޅުވި އެވެ. އެއީ ވަރަށް ބޮޑު ލުޔެއްކަމަށް ވިދާޅުވި އެވެ.
މީގެ ކުރިން މި ގާނޫނަށް ގެނައި އިސްލާހާއެކު ކުރީގައި ކޮންމެ ފަތުރުވެރިއަކަށް 500 ޑޮލަރު މާރުކުރަން ޖެހޭ ގޮތަށް ފާސްކުރި ހުގެ ސަބަބުން ވެސް ވަރަށް ގިނަ ފައިދާތަކެއްވިކަމަށް ފަލާހު ވިދާޅުވި އެވެ. އެ ބަދަލާއެކުވެސް އެތައް ސަތޭކަ މިލިއަން ޑޮލަރެއް މާރުކުރިކަމަށް އެމްއެމްއޭއިން ހާމަކޮށްފައިވާކަމަށް ފަލާހު ވިދާޅުވި އެވެ.
ފަލާހު ވިދާޅުވީ އެކަމުގެ ސަބަބުން ބޭރަށް ޓީޓީ ފޮނުވާ ފަރާތްތަކަށް 10 ޕަސެންޓުގެ ބަދަލުގައި 20 ނުވަތަ 25 ޕަސެންޓު ޓީޓީ ހަދަން ލިބުނު ކަމަށާއި އެއާއެކު އާންމުންނަށް ކުރިން ނުލިބޭ އެތައް ހިދުމަތެއް ތައާރަފްކުރެވުނު ކަމަށް ވިދާޅުވި އެވެ.
"ރަނގަޅު ވާހަކައެއް، ޑޮލަރުގެ އަގު މިއަދު ތަންކޮޅެއް މަތީގަ ކަޅު ބާޒާރުގައި ހުރީ، އެހެންނަމަވެސް ކުރީގައި އާންމު ފަރުދުންނަށް ނުލިބޭ އެތައް ހިދުމަތްތަކެއް އާންމު ފަރުދުންނަށް ލިބޭކަން ދިވެހި ރައްޔިތުން ގަބޫލުކުރައްވާނެ، މި ވާހަކަތައްވެސް އިދިކޮޅު ފަރާތްތަކުން ރައްޔިތުންނަށް ސާފު ވާގޮތަށް ކިޔައިދިނީމަ އަޅުގަނޑަށް ހީވަނީ ރައްޔިތުންނަށް އެނގޭނެހެން ވާނުވާ، މިސާލަކަށް މީގެ ކުރިން ހައްޖަށް ނޫނީ އުމްރާއަށް ދާ މީހަކަށް 1000 ޑޮލަރެއް ނުލިބޭނެ، ބޭސްފަރުވާއަށްދާ ފަރާތްތަކަށް ހޮޓެލް ބުކިން ހެދުމަށް ޑޮލަރެއް ނުލިބޭނެ، އާސަންދައިގެ ދަށުން ބޭސްފަރުވާއަށް ދާ ފަރާތްތަކަށް މީގެ ކުރިން ޑޮލަރެއް ނުލިބޭ" ފަލާހު ވިދާޅުވި އެވެ.
މިއީ ހައްތަހާވެސް ބޮލަކަށް 500 ޑޮލަރު މާރުކޮށްގެން އެ ލިބުނު ފައިދާއިން ތައާރަފްކުރި އިތުރު ހިދުމަތްތައްކަމަށް ފަލާހު ވިދާޅުވި އެވެ. މިފަދަ އާ ހިދުމަތްތައް ތައާރަފްކުރުމަކީ ވެސް ރައްޔިތުންނަށް ލިބޭ ބޮޑު ލުޔެއްކަމަށް ވިދާޅުވި އެވެ.
އެހެންނަމަވެސް މި ދުވަސްވަރަކީ މެދު އިރުމަތީގަ ހިނގާ ހަނގުރާމައިގެ ސަބަބުން މުޅި ދުނިޔޭގެ އިގްތިސާދު ހީނަރުވެފައިވާ ދަނޑިވަޅެއް ކަމަށާއި ޑޮލަރުގެ އަގު ބޮޑުވުމާއި ދަތިވުމުގެ މައްސަލައަކީ ހަމައެކަނި ރާއްޖެއަށް ދިމާވާ ކަމެއް ނޫންކަމަށް ވިދާޅުވި އެވެ.
ގާނޫނަށް ގެންނަ ކޮންމެ އިސްލާހަކީ ވެސް ރައްޔިތުންނަށް ދިމާވާ ދަތިތަކަށް ލުއި ހޯދައިދިނުމަށް ކުރާ މަސައްކަތް ކަމަށް ފަލާހު ވިދާޅުވި އެވެ. އަދި މިއިން އެއްވެސް އިސްލާހަކީ ވަކި ފަރުދަކަށް އެކަނި ފައިދާވާން ހުރި ކަންކަން ނޫން ކަމަށް ވެސް ވިދާޅުވި އެވެ.

3 ދުވަސް ކުރިން

4 ދުވަސް ކުރިން

16 ދުވަސް ކުރިން

23 ދުވަސް ކުރިން

24 ދުވަސް ކުރިން
-9d59190a.jpg)
25 ދުވަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން

ގާތްގަނޑަކަށް 2 މަސް ކުރިން