-8402fff9.png)
މިންހާ އަބްދުالله

ހަރަދު ކުޑަކުރުމުގެ ނަމުގައި 14،000އަށްވުރެ ގިނަ މީހުންނާއި އެމީހުންގެ އާއިލާތައް ބިކަ ކުރުން ބަލައިނުގަނެވޭކަމަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒް އިސްމާއިލް ވިދާޅުވެއްޖެ އެވެ.
އިދިކޮޅު މައި ޕާޓީ، އެމްޑީޕީއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަވަމުން ފައްޔާޒް ވިދާޅުވީ ހަރަދުކުޑަ ކުރުމުގެ ނަމުގައި 33 އިންސައްތަ މުވައްޒަފުން ވަކިކުރުމަކީ 14،000އަށްވުރެ ގިނަ އާއިލާ ބިކަ ކުރުން ކަމަށެވެ.
މިގޮތަށް ވަކި ކުރާ މުވައްޒަފުންގެ އާމްދަނީއަސް ބަރޯސާ ވަނީ ކިތައް މީހުންތޯ ވެސް ބަލަންޖެހޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެގޮތުން 14،000 މީހުންގެ އާމްދަނީއަށް އެންމެ މަދުވެގެންވެސް 50،000 މީހުން ބަރޯސާ ވާނެ ކަމަށް އަންދާޒާކުރެވޭ ކަމަށް ފައްޔާޒް ވިދާޅުވި އެވެ. އެއީ ގާތްގަނޑަކަށް ރާއްޖޭގެ އާބާދީގެ 20 ނުވަތަ 25 އިންސައްތަ މީހުން ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
މިދިޔަ އެމްޑީޕީގެ ސަރުކާރުގައި ކޮވިޑުގެ ސަބަބުން ވަޒީފާ ގެއްލުނު މީހުންގެ އާއިލާތައް ބެލެހެއްޓީ ސަރުކާރުން ކަމަށާއި 22،000 އަށްވުރެ ގިނަ މީހުންގެ ވަޒީފާ ގެއްލުމުން އެމީހުންގެ އާއިލާތައް ބެލެހެއްޓުމަށް 419 މިލިއަން ރުފިޔާގެ ޕްރޮގްރާމެއް ކުރިއަށް ގެންދިޔަ ކަމަށް ފައްޔާޒް ވިދާޅުވި އެވެ.
ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ހިންގުމުގެ ޚަރަދު ކުޑަކުރުމަށްޓަކައި މުވައްޒަފުންގެ އަދަދުން 33 އިންސައްތަ މަދުކުރުމުގެ މަސައްކަތް ކުރިއަށް އޮތް ތިން މަސްދުވަހުގެ ތެރޭގައި ނިންމުމަށް ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ) އިން ސަރުކާރުގެ ކުންފުނިތަކަށް ވަނީ އަންގާފަ އެވެ.
މިއީ ދައުލަތުގެ މާލީ ހާލަތު ރަނގަޅުކޮށް، ކުންފުނިތައް ދެމެހެއްޓެނިވި ގޮތެއްގައި ހިންގުމަށް ބާރުއެޅުމުގެ ގޮތުން ސަރުކާރުން އަޅާ ފިޔަވަޅެއް ކަމަށް ސަރުކާރުން ބުނެ އެވެ.
ޕީސީބީގެ މި އެންގުމާއެކު، ފެނަކަ ކޯޕަރޭޝަނާއި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) ފަދަ މުވައްޒަފުން ގިނަ ކުންފުނިތަކުން ވަނީ މުވައްޒަފުން އަމިއްލައަށް ވަޒީފާއިން ވަކިވުމަށް ހިތްވަރުދިނުމުގެ ގޮތުން ޚާއްސަ ޕެކޭޖުތަކެއް ހުށަހަޅާފައެވެ. ސަރުކާރުން މި ފިޔަވަޅުތައް އަޅަން ފަށާފައިމިވަނީ، މިދިޔަ އޭޕްރިލް މަހު ބޭއްވި އިންތިޚާބުތަކާ ދިމާކޮށް ސަރުކާރުގެ ކުންފުނިތަކަށް ގިނަ އަދަދެއްގެ މުވައްޒަފުން ނަގާފައިވާކަމުގެ ފާޑުކިޔުންތައް އަމާޒުވެފައިވާ ދަނޑިވަޅެއްގައެވެ. މިގޮތުން މެއި މަހުގެ އެކަކުން ފެށިގެން 28 ވަނަ ދުވަހުގެ ނިޔަލަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) އިން އެކަނިވެސް އެއްހާހަށްވުރެ ގިނަ ވަޒީފާއަށް މީހުން ހޯދަން އިއުލާނުކޮށްފައިވާކަން ފާހަގަކުރެވެއެވެ.

3 ދުވަސް ކުރިން

16 ދުވަސް ކުރިން

19 ދުވަސް ކުރިން

19 ދުވަސް ކުރިން
-9cd6b2a7.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން
-18fe96dd.png)
ގާތްގަނޑަކަށް 1 މަސް ކުރިން

ގާތްގަނޑަކަށް 1 މަސް ކުރިން
-61a2a9dd.jpg)
ގާތްގަނޑަކަށް 1 މަސް ކުރިން