-8402fff9.png)
މިރާޝް މޫސާ
-9a4ee2ee.jpg)
ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކޮށްގެން 13 މެގަވޮޓްގެ ކަރަންޓު އުފައްދާ މި ފެސިލިޓީގެ ސިވިލް މަސައްކަތުގެ 40 އިންސައްތަ ވަނީ ނިމިފައެވެ.
މެދުރާއްޖެތެރޭގެ ކުނި މެނޭޖްކުރުމުގެ ނިޒާމުގެ ދަށުން ކ. ތިލަފުށީގައި ތަރައްގީކުރާ ދުވާލަކު 500 ޓަނުގެ ކުނި ޕްރޮސެސްކުރާ ފެސިލިޓީގެ އަމަލީ މަސައްކަތް ވަރަށް ހަލުވިކަމާއެކު ކުރިއަށްދާކަމަށް އެންވަޔަރަމެންޓް މިނިސްޓްރީން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ކުނީގެ މައްސަލައަށް ދާއިމީ ހައްލެއް ގެނައުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ.
ރައީސް އޮފީހުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެންވަޔަރަމެންޓް މިނިސްޓްރީގެ ވޭސްޓް މެނޭޖްމަންޓް އެންޑް ޕޮލިއުޝަން ކޮންޓްރޯލް ޑިޕާޓްމަންޓުގެ ޑިރެކްޓަރު ޖެނެރަލް އަހުމަދު މުރުތަޟާ ވިދާޅުވީ، އާ ފެސިލިޓީގެ ސިވިލް ކޮންސްޓްރަކްޝަން މަސައްކަތުގެ 40 އިންސައްތަ މިހާރު ނިމިފައިވާ ކަމަށެވެ. މީގެ ކުރިން އެއްވެސް ނިޒާމެއް ނެތި މޫދަށާއި ފަޅަށް ކުނި އަޅަމުންދިޔަ ތިލަފުށި ޒަމާނީ ފެންވަރަށް ތަރައްގީކުރުމުގެ މަސައްކަތް ހުއްޓުމެއްނެތި ދަނީ ކުރިއަށެވެ. މީގެ އިތުރުން، ބައިނަލްއަގްވާމީ މިންގަނޑުތަކަށް ފެތޭ އެމިޝަން ކޮންޓްރޯލް ނިޒާމަކާއެކު ފަރުމާކޮށްފައިވާ މި މަރުކަޒަށް ބޭނުންވާ އިންސިނެރޭޓަރު ވެސް މިހާރު ރާއްޖެ ގެނެސް ތިލަފުއްޓަށް ވަނީ ބާލާފައެވެ.
މި ޒަމާނީ ފެސިލިޓީ ހިންގަން ފެށުމުން، ދުވާލެއްގެ މައްޗަށް 500 ޓަނުގެ ކުނި ޕްރޮސެސްކުރެވޭނެއެވެ. މިކަމުގެ ސަބަބުން ކުނި ނައްތާލުމުގެ އިތުރުން 13 މެގަވޮޓްގެ ކަރަންޓު އުފެއްދޭނެކަމަށް ޑިރެކްޓަރު ޖެނެރަލް ފާހަގަކުރެއްވިއެވެ. އޭގެ ތެރެއިން 10 މެގަވޮޓްގެ ކަރަންޓު މައި ގްރިޑާ ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ. އަދި ކުނި އެންދުމަށްފަހު އުފެދޭ ބޮޓޮމް އޭޝް ޓްރީޓްކޮށް، ކޮންސްޓްރަކްޝަން މަސައްކަތްތަކަށް ބޭނުންކުރެވޭނެހެން ބާޒާރަށް ނެރުމަކީ ވެސް މި މަޝްރޫއުގެ މުހިންމު އަމާޒެކެވެ.
ތަފާސްހިސާބުތައް ދައްކާގޮތުން ރާއްޖޭގައި އަހަރަކު 517،000 ޓަނުގެ ކުނި އުފައްދާއިރު، މީގެ ބޮޑު ބައެއް ހިއްސާކުރަނީ ފަތުރުވެރިކަމުގެ ސިނާއަތުންނެވެ. ތިލަފުށީގައި ގާއިމުކުރެވޭ މި އައު މަރުކަޒުގެ ސަބަބުން ގްރޭޓަ މާލެ ސަރަހައްދުގެ އިތުރުން ކާފު އަތޮޅުން ފެށިގެން ލާމު އަތޮޅާ ހަމައަށް ހުރި ހުރިހާ ރަށެއްގެ ކުނި ދެމެހެއްޓެނިވި ގޮތެއްގައި މެނޭޖްކުރެވިގެން ދާނެއެވެ. މިއީ ރާއްޖޭގެ ނާޒުކު ތިމާވެށި ހިމާޔަތްކުރުމަށާއި، ރައްކާތެރި ގޮތުގައި ކުނި ނައްތާލުމުގެ ނިޒާމެއް ގާއިމުކުރުމަށް އެޅޭ ވަރަށް ހަރުދަނާ ފިޔަވަޅެކެވެ.
-eb088e61.png)
4 މަސް ކުރިން
4 މަސް ކުރިން

6 މަސް ކުރިން

10 މަސް ކުރިން

ގާތްގަނޑަކަށް 1 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން
-16ff382f.jpg)
ގާތްގަނޑަކަށް 2 އަހަރު ކުރިން

ގާތްގަނޑަކަށް 2 އަހަރު ކުރިން